މަދިރީގެ ސަބަބުން ޖެހޭ ނުރައްކާތެރި ބައްޔެއް ކަމަށްވާ ޒިކާ ވައިރަސްގެ އަސަރު ސިންގަޕޫރުގައި 41 މީހަކަށް ޖެހިފައިވާ ކަމަށް ސިންގަޕުރުގެ ސިއްހީ ދާއިރާއިން ބުނެފި އެވެ.
ސިންގަޕޫރުގެ ހެލުތް މިނިސްޓްރީން ބުނީ ޒިކާ ވައިރަސްގެ އަސަރު އެންމެ ގިނައިން ފެނިފައިވަނީ ކޮންސްޓްރަކްޝަން މަސައްކަތް ކުރާ ބިދޭސީ މަސައްކަތެރިންގެ ގައިން ކަމަށެވެ. އަދި އެ މަސައްކަތްތެރިން ދިރިއުޅޭ ހިސާބުތަކުގައި އުޅޭ ބައެއް މީހުންގެ ގައިން ވެސް އެ އަސަރު ފެނިފައިވާ ކަމަށެވެ.
ހެތުލް މިނިސްޓްރީ އާއި ސިންގަޕޫރުގެ އެންވާރުމެންޓަލް އެޖެންސީން ބުނެފައިވަނީ ޒިކާގެ އަސަރު އެންމެ ފުރަތަމަ ފެނިފައިވަނީ، ސިންގަޕޫރުގައި ދިރިއުޅޭ 47 އަހަރުގެ މެލޭޝިއާގެ މީހެއްގެ ގައިން ކަމަށާއި އެމީހާގެ މިދިޔަ ބުރާސްފަތި ދުވަހު ހުން އައިސްގެން ޑޮކްޓަރަށް ދެއްކުމުން، ހެދި ޓެސްޓް ތަކުން ޒިކާ ވައިރަސް ފެނިފައިވާ ކަމަށެވެ.
އޭގެ އެއް ދުވަސް ފަހުން ހެލްތު މިނިސްޓްރީންނާއި އެންވަޔަރަމެންޓް އެޖެންސީން ބުނެފައިވަނީ ޒިކާ ވައިރަސްގެ އަސަރު 41 މީހަކަށް ކޮށްފައިވާ ކަމަށެވެ. ޒިކާ ވައިރަސް ފެތުރެމުންދަނީ ސިންގަޕޫރުގެ އިރުމަތީ ހިސާބު ތަކުގައެވެ.
އެންވާރުމެންޓް އެޖެންސީން ބުނީ މީހުން ކަރަންޓީނުކޮށް ފަރުވާ ދިނުމަށާއި އިތުރަށް ފެތުރުނަ ނުދިނުމުގެ ގޮތުން ފިޔަވަޅު އެޅުމަށް އެ އެޖެންސީގެ 200 ސިއްހީ އޮފިޝަލުން އެ ހިސާބުތަކަށް ފޮނުވާފައިވާ ކަމަށެވެ.
އެ އެޖެންސީން ބުނީ އެ ސަރަހައްދުން ވައިރަސް ފެތުރޭނެ މަރުހާލާގައިވާ 19 ކޭހެއް ފެނިފައިވާ ކަމަށެވެ. އެޖެންސީގެ ޓީމަކު ވަނީ އެ ސަހައްދުގެ އިންސްޕެކްޓް ކުރަން ފަށާފަ އެވެ.