ރާއްޖެ ކުޅިވަރު

ޒަވީ އާއި އަޔާލާއެކު ސެލްފީ ނަގަން ބޭނުންތަ؟

Aug 29, 2016
3

ސާފް ޗެމްޕިއަންޝިޕް ހޯދި ޓީމާއި މިހާރުގެ ގައުމީ ޓީމު ކުޅޭ މެޗަށް މިހާރު ރާއްޖެ އައިސް ހުރި ބާސެލޯނާގެ ކުރީގެ ކެޕްޓަން ޒަވީ ހެނާންޑޭޒް އާއި އާޖެންޓީނާގެ ކުރީގެ ކެޕްޓަން ރޮބާޓޯ ފަބިން އަޔާލާއެކު ސެލްފީ އެއް ނަގަން އެންމެން ވެސް ބޭނުން ވާނެ އެވެ.

އެ ފުރުސަތު އުރީދޫ އާއި އެފްއޭއެމް ގުޅިގެން މިވަނީ ހުޅުވާލާފަ އެވެ. މިރޭ ކުޅުމަށް ހަމަޖެހިފައިވާ ގޯލްޑް ޓީމްގެ މެޗަށް ޓިކެޓެއް ގަނެގެން، ޓިކެޓްގައިވާ ނަންބަރު އެސްއެމްއެސް ކޮށްގެން ނަސީބުން ހޮވޭ 10 ފަރާތަކަށް ޒަވީ އާއި އަޔާލާއެކު ސެލްފީއެއް ނެގުމުގެ ފުރުސަތު ދޭނެ އެވެ. މި ފުރުސަތު އުރީދޫގެ އިތުރުން ދިރާގުގެ ނެޓްވޯކް ބޭނުންކުރާ ކަސްޓަމަރުންނަށް ވެސް ވަނީ ހުޅުވާލާފަ އެވެ.

ޒަވީ އާއެކު ސެލްފީ ނަގަން ބޭނުންނަމަ ޓިކެޓްގައިވާ ނަންބަރު ޖެހުމަށްފަހު "ޒަވީ" ޖެއްސެވުމަށްފަހު އެސްއެމްއެސް ފޮނުވަންޖެހެނީ 9885588 އަށެވެ. އަޔާލާ އާއެކު ސެލްފީ ނަގަން ބޭނުން ނަމަ ވެސް ފޮނުވާނީ ހަމަ އެ ނަމްބަރަށެވެ.

އެސްއެމްއެސް ކުރަންވީ ގޮތް:

“Ticket Number” (Space) XAVI or
“Ticket Number” (Space) AYALA to 9885588