ފޭރުން

ވަޅިން ބިރު ދައްކާ ފޭރުނު ދެ މީހަކު ހައްޔަރުކޮށްފި

Aug 31, 2016

ހުޅުމާލޭގައި ބިދޭސީން ދިރިއުޅޭ ތަނަކަށް ވަދެ ވަޅިން ބިރުދައްކާ ފޭރުނުު ކަމަށް ތުޙުމަތު ކުރެވުނު ދެމީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އިއްޔެރޭ ފަތިހު ހުޅުމާލޭގައި ބިދޭސީން އުޅޭ ގެއަކަށް ވަދެ 1000ރ. ފޭރުނު ކަމަށް ބުނެ މައްސަލައެއް ހުށަހެޅުމުން އެކަން ބަލައި ދެ ދިވެއްސަކު ހައްޔަރުކޮށްފައިވާ ކަމަށާއި ތުހުމަތުވި ދެމީހުން ހޯދަން ހުޅުމާލެ ޕޮލިސް ސްޓޭޝަނުން ކުރަމުންދިޔަ މަސައްކަތުން އެ ދެމީހުން ފެނިފައިވަނީ އިއްޔެ ހަވީރު ހުޅުމާލެ ޝީޝާ ޝޯރޫމް ކުރިމަތިން ކަމަށެވެ.

އެ ދެ މީހުން ހުއްޓުވާ ބަލައި ފާސްކުރިއިރު އެ ދެމީހުންގެ އަތުން ވެސް ވަޅި ފެނިފައިވެއެވެ.