ރައީސް އަބްދުﷲ ޔާމީން

ސައުދީ ރަސްގެފާނުގެ ހާއްސަ އެޑްވައިޒަރާ ރައީސް ޔާމީން މަޝްވަރާ ކުރައްވައިފި

Sep 1, 2016

ސައުދީ އާއި ރާއްޖެ އާއި ދެމެދު އޮތް ގުޅުން އިތުރަށް ބަދަހި ކުރުމަށް ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާއި ސައުދީ ރަސްގެފާނުގެ ސުޕެޝަލް އެޑްވައިޒަރު މަޝްވަރާ ކުރައްވައިފި އެވެ.

ރައީސް އޮފީހުން ބުނީ ސައޫދީ ރަސްގެފާނުގެ ސްޕެޝަލް އެޑްވައިޒަރު ޑރ. ފާއިޒް އަލް އަބިދީން، ރައީސް ޔާމީން އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް މިއަދު ކުރެއްވި ކަމަށާއި މިއަދު ހެނދުނު ރައީސް އޮފީހުގައި ދެ ބޭފުޅުން ބައްދަލު ކުރައްވާ ދެ ގައުމުގެ ދޭތެރޭގައިވާ ގާތް ގުޅުން އިތުރަށް ބަދަހިކުރެވޭނެ ދާއިރާތަކާމެދު މަޝްވަރާކުރެއްވި ކަމަށެވެ.

މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާވަނީ ސްޕެޝަލް އެޑްވައިޒަރަށް މަރުޙަބާ ވިދާޅުވެ، އަދި ކުރިއަށް އޮތްތާނގައި ރާއްޖެއާ ސަޢޫދީ ޢަރަބިއްޔާއާ ދެމެދު އިތުރަށް ގުޅުން ބަދަހިވެގެންދާނެކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި ސައޫދީ ސަރުކާރުގެ ފަރާތުން މި އަހަރުގެ ޙައްޖު ކޯޓާ އިތުރު ކޮށްދެއްވި ކަމަށްޓަކައި ސައޫދީ ސަރުކާރަށް ޝުކުރު އަދާކުރެއްވިއެވެ.