ފޮރިން މިނިސްޓްރީ

ތަރައްގީގެ މަޝްރޫއުތަކަށް ސައުދީގެ އެހީ ލިބޭނެ

ރާއްޖޭގައި ހިންގާ ތަރައްގީ މަޝްރޫއުތަކަށް ސައުދީ ސަރުކާރުގެ އެހީ ލިބޭނެ ކަމުގެ ޔަގީންކަން ސައުދީ ސަރުކާރުގެ ފިނޭސް މިނިސްޓްރީގެ ނައިބު ހަމަދް ބިން ސުލައިމާން އަލް ބަޒައި ދެއްވާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ސައުދީއަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ވަނީ ސައުދީ އަރަބިއްޔާގެ ފިނޭންސް މިނިސްޓަރުގެ ނައިބު ހަމަދް ބިން ސުލައިމާން އަލް ބަޒައި އާ ބައްދަލު ކުރައްވާފަ އެވެ. މި ބައްދަލުވުމުގައި މިނިސްޓަރު ޝާހިދު ވަނީ ރާއްޖޭގައި މިވަގުތު ހިގަމުންދާ ތަރައްގީގެ މަޝްރޫއުތަކާބެހޭ މައުލޫމާތު ދެއްވާފަ އެވެ.

އަދި ކުރީގެ ރައީސް ޔާމީން ސަރުކާރުގައި ހިންގި މަޝްރޫއުތަކަށް ދެއްވި އެއްބާރުލުމަށް މިނިސްޓަރު ޝާހިދު ވަނީ ޝުކުރުއަދާ ކުރައްވާފަ އެވެ.

އެ ސަރުކާރުން ސައުދީ އާއެކު ވަރަށް ގާތްގުޅުމެއް ބާއްވުމުގެ އިތުރުން ސައުދީ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ތަރައްގީގެ މަޝްރޫއުތަށް ކުރިއަށް ގެންދިޔަ އެވެ.