- ޖޫން މަހު މުވައްޒަފުގެ މުސާރައިގެ ހޭދަ ދަށް
- ޖުމްލަ ހަރަދަކީ 1.2 ބިލިއަން ރުފިޔާ
- އާމްދަނީ 1.6 ބިލިއަން ވަނީ ލިބިފައި
ސަރުކާރު އެތެރޭގެ ހަރަދު ވަރަށް ބޮޑުތަން ކުޑަވެ، އެކި މަޝްރޫއުތަކަށް ކުރާ ހޭދަ ވަރަށް ބޮޑުތަން އިތުރުވެފައިވާ ކަމަށް މަރުކަޒީ ބޭންކްގެ އިގްތިސާދީ ރިވިއުއިން ހާމަވެއްޖެ އެވެ.
އެމްއެމްއޭ އިން މަހަކު އެއް ފަހަރު ނެރޭ "އިގްތިސާދީ ރިވިއުގެ"ގެ މިދިޔަ މަހުގެ އަދަދުގައ ވާ ގޮތުން ސަރުކާރުގެ ކެޕިޓަލް ހަަރަދު އިތުރުވެ، ރިކަރަންޓް ހަރަދު ވަނީ ކުޑަވެފަ އެވެ.
އިގްތިސާދީ ރިވިއު ދައްކާ ގޮތުން މިއަހަރުގެ ޖޫން މަހު ސަރުކާރުގެ ޖުމްލަ ހަރަދަކީ 1.2 ބިލިއަން ރުފިޔާ އެވެ. އެއީ މިއީ މިދިޔަ އަހަރުގެ ޖޫން މަހާ އަޅާބަލާއިރު 72.1 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. އެމްއެމްއޭ އިން ބުނީ އެ ބަދަލު އައި މައިގަނޑު ސަބަބަކީ، މަޝްރޫއުތަކަށް ކުރާ ހޭދަ، ނޫނީ އުމްރާނީ ތަރައްގީއަށް ކުރާ ހަރަދުތައް މަދުވުމެވެ. އެމްއެމްއޭ އިން ބުނާގޮތުގައި ރިކަރަންޓް ހަރަދުތައް ޖޫން މަހު ވަނީ ދަށަށް ގޮސްފަ އެވެ. ސަބަބެއް ކަމަށް ރިވިއުގައި ބުނެފައި ވަނީ، ސަރުކާރުގެ މުވައްޒަފުންގެ މުސާރަ އާއި އެލަވަންސަށް ކޮށްފައިވާ ހަރަދު ދަށްވުމެވެ.
ސަރުކާރު މުވައްޒަފުންނަށް ކުރާ ހަރަދު ކުޑަވެ، މަޝްރޫއުތަކަށް ކުރި ހަރަދު އިތުރުވެފައިވާ ކަމަށް ދެއްކިއިރު، މި އަހަރުގެ ބަޖެޓުގައި މަޝްރޫއުތަކަށް ފައިސާގެ ބޮޑު ބައެއް ވަނީ ހިމަނާފަ އެވެ.
މަރުކަޒީ ބޭންކުގެ ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ޖޫން މަހު ސަރުކާރުން ވަނީ 1.6 ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބިފަ އެވެ. މިއީ މިދިޔަ އަހަރުގެ ޖޫން މަހާ އަޅާބަލާއިރު 320 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.