ހުޅުމާލެ

ވަން އެވެނިއުގެ ހިތްގައިމު ބަގީޗާ ޕެންޓްހައުސް!

Sep 6, 2016
4
  • ފްލެޓް ނިމޭނީ 2018 ގައި
  • ދުރާލާ ބުކިން ހެއްދޭނެ
  • އަގުތައް ވަރަށް ވާދަވެރިވާނެ

ހުޅުމާލޭގައި ގިނަ ކުންފުނިތަކަކުން ދަނީ ފްލެޓު އަޅަމުންނެވެ. ނަމަވެސް ދަމާސް އިން ތަރައްގީ ކުރާ "ވަން އެވެނިއު" ވަރަށް ހާއްސަ އެވެ. މިތަނުގެ ހާއްސަ އެއް ކަމަކީ މި އެޕާޓްމަންޓްތަކުގެ ހިތްގައިމު ޕެންޓް ހައުސް އެވެ. މި ޕެންޓް ހައުސްގެ ބެލްކަނި ފަރުމާކޮށްފައިވަނީ "ފެހި" ބަގީޗާއަކާއެކުގަ އެވެ.

"މާކެޓުގައި އުޅޭ އެހެން ކޮމްޕެޓިޓާސް ތަކާ ތަފާތުކޮށް މިތަނުގެ [ވަން އެވެނިއު] ގެ ޕެންޓް ހައުސް ޑިޒައިން ތަފާތު ވާނެ. އެންމެ ބޮޑު އިސްކަމެއް ދީފައިވާނީ ސްޕޭސް ޑިޒައިން އަދި ވެންޓިލޭޝަން [ވައި ދައުރުވު] މަށް،" ދަމާސް ރިއަލްއެސްޓޭޓްގެ ޖެނެރަލް މެނޭޖަރު އަބްދުﷲ މުއިއްޒު ވިދާޅުވި އެވެ.

ދަމާސް "ވަން އެވެނިއު" ގެ ހާއްސަ ބައެއް ސިފަތަކުގެ ތެރޭގައި އެންމެ ހާއްސަ ބައެއް ކަމަށް ފެނެނީ ދެ ޓަވަރަށް ވާގޮތަށް ތަރައްގީކުރާ އެޕާޓްމަންޓުގެ އެންމެ މައްޗެވެ. ޕެންޓް ހައުސްގެ ސައިޒަކީ 3،492-3،468 އަކަފޫޓެވެ. މި ތަނުގައި ތިން މާސްޓަ ކޮޓަރި އާއި ފާހާނާގެ އިތުރުން ޕްރައިވެޓް ޓެރަސްއެއް ވެސް ހިމެނެ އެވެ. އަދި މިތަނުގެ އެންމެ ހާއްސަ އެއް ކަމަކީ އެންމެ ހިތްގައިމު ސީވިއު އެވެ. މުސްތަގުބަލުގައި ހުޅުމާލޭގައި ތަރައްގީ ކުރާ ޔޮޓްމެރީނާގެ ފޫހިނުވާނެ މަންޒަރު ވެސް ފެންނާނެ އެވެ. އަދި މީގެ އަނެއް ޕެންޓް ހައުސްގައި ތިބޭއިރު ހުޅުމާލޭގެ "ސިޓީ ވިއު" ފެންނާނެ އެވެ.

"ވަން އެވެނިއު" އަކީ ގާތްގަނޑަކަށް 200 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓެވެ. މި އެޕާޓްމަންޓްތަކުގައި 95 އެޕާޓްމަންޓުތައް ތަރައްގީ ކުރަނީ ދެ ޓަވަރަށް ވާ ގޮތަށެވެ. މި ގޮތުން މިތަނުގައި އެއް ކޮޓަރީގެ 13 އެޕާޓްމަންޓާއި ދެ ކޮޓަރީގެ 26 އެޕާޓްމަންޓް އަދި ތިން ކޮޓަރީގެ 52 އެޕާޓްމަންޓުގެ އިތުރުން ހަތަރު ޕެންޓް ހައުސް ހިމެނެ އެވެ.

"އަގުތައް ވާދަވެރި ވާނެ"

ދަމާސްގެ ޑިރެކްޓަރު ޑިރެކްޓަރު ޒަޔާން ސޯލިހު ވިދާޅުވީ މި ފްލެޓްތަކުގެ އަގުތައް އެކަށީގެންވާނެ ކަމަށެވެ.

"އަގުތައް ކޮމްޕެރަބަލް ވާނެ. ބެޑްރޫމުން ބުނާނަމަ އެކުރޭޓިން ނުވެދާނެ. ނަމަވެސް ސްކެއާ ފޫޓުން ބަލާނަމަ ކޮމްޕެރިޓިވް ވާނެ،" ޒަޔާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދަމާސް އިން ބޭނުންވަނީ ފެންވަރު ރަނގަޅު ގެދޮރުގެ ހިދުމަތެއް ދިނުމަށް ކަމަށާއި، އެ ކުންފުނިން ކުރަނީ މި މަސައްކަތް ކަމަށެވެ.

"އަޅުގަނޑުމެނަކީ ކަސްޓަމަރުންގެ އިތުބާރާއެކު ބަރޯސާ ވެގެން މަސައްކަތް ކުރާ ކުންފުންޏެއް. އަޅުގަނޑުމެން ރިއަލް އެސްޓޭޓް އިންޑަސްޓްރީއަށްވަނީ ވެސް މި އަސާސް ހިތުގައި ލައިގެން. ރާއްޖޭގައި ހައުސިންގެ ނީޑެއް އޮތުމުން ރައްޔިތުންނަށް އެފޯޑަބަލް ހައުސްއެއް ފޯރުކޮށް ދިނުމަށް،" ޒަޔާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ކުންފުންޏަށް ލިބިފައިވާ އެންމެ ބޮޑު ކާމިޔާބަކީ ކަސްޓަމަރުންގެ އިތުބާރު ކަމަށެވެ. އަދި އެކަން އެ ކުންފުނިން ދަމަހައްޓާނެ ކަމަށް ޒަޔާން ވިދާޅުވި އެވެ.

"ވަން އެވެނިއު އަކީ މިތަނުގައި އުޅޭ ފަރާތްތަކަށް ހުރިހާ ވަސީލަތްތަކެއް ގެނެސް ދިނުން. އެންމެ ގިނަ ވަގުތު ހޭދަ ކުރީ ހިތް ފަސޭހަ ޑިޒައިނެއް ގެނެސް ދިނުމަށް،" ޒަޔާން ވިދާޅުވި އެވެ.

ދަމާސްގެ "ވަން އެވެނިއު" ތަރައްގީ ކުރަނީ ގާތްގަނޑަކަށް 25،000 އަކަފޫޓުގެ ޖާގަ ހިމެނޭ ގޮތަށެވެ. މިތަނަށް ދުރާލާ ބުކިން ހެއްދުމަށް ވަނީ ހުޅުވާލާފަ އެވެ. ދަމާސްގެ މި އެޕާޓްމަންޓްތައް ނިންމުމަށް ހަމަޖެހިފައިވަނީ 2018 ވަނަ އަހަރުގެ އެވެ.

"ވަރަށް ލަގްޒަރީ"

"ވަން އެވެނިއު" ތަރައްގީ ކުރަން ނިންމާފައިވަނީ އެންމެ މި ޒަމާނުގެ ހުރިހާ ހިދުމަތެއް ލިބޭ ގޮތަށެވެ.އަދި އެހައިމެ މޮޅު ސާމާނު ބޭނުންކޮށްގެންނެވެ. މިގޮތުން މިތަނުގައި ބޭނުންކުރާ ބިއްލޫރިއަކީވެސް "ތަޅައިދަން ދަތި" ޑެމްޕަޑް ބިއްލޫރި އެވެ. އަދި ތަށި މުށީގެ ފެންވަރު ވެސް މޮޅުވާނެ އެވެ.

"އަޅުގަނޑުމެންގެ ސްޓޭންޑަސްޓް ހައިވާނެ. ވޭތުވެދިޔަ 60 އަހަރަށް ބެލިނަމަވެސް އެކަން އެނގޭނެ. ހުރިހާ އެއްޗެއްގެ ވެސް ފެންވަރު މަތިވާނެ،" ޖީއެމް، މުއިއްޒު ވިދާޅުވި އެވެ.