ބޮލީވުޑް

"ކާލާ ޗަޝްމާ" 70 މިލިއަން ފަހަރު ބަލައިފި

Sep 6, 2016

ޒުވާން ދެތަރިން ކަމަށްވާ ސިދާތް މަލްހޯތުރާ އާއި ކެޓްރީނާ ކައިފް ލީޑްރޯލުން ފެނިގެންދާ ފިލްމު "ބާރް ބާރް ދޭކޯ" ގެ ލަވަތަކަށް ބޮޑު ތަރުހީބެއް ލިބެމުން އަންނައިރު، މި ފިލްމުގެ ލަވަތަކުގެ ތެރެއިން އެންމެ ފުރަތަމަ ނެރުނު ލަވަ "ކާލާ ޗަޝްމާ" އަންނަނީ ޗާޓްބަސްޓާސްގެ އެންމެ ކުރި ހޯދަމުންނެވެ.

ޕަންޖާބުގެ ޕާޓީ ސްޓައިލްގެ "ކާލާ ޗަޝްމާ" މިހާރުގެ އެންމެ ހިނގާ ހިންދީ ލަވައަށް ވެފައިވާއިރު، މިހާތަނަށް މިލަވަ ވަނީ 70 މިލިއަން ފަހަރު ޔޫޓިއުބުން ބަލާފަ އެވެ.

"ކާލާ ޗަޝްމާ" ލަވަ:

ހުކުރު ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ ފިިލްމުގެ މިލަވައަކީ މިހާތަނަށް އެންމެ އަވަހަށް 70 މިލިއަން ފަހަރު ބެލި ހިންދީ ލަވަ ކަމަށް ފިލްމުގެ ޕްރޮޑިއުސަރު ކަރަން ޖޯހަރު ވަނީ ބުނެފަ އެވެ.

ނިތްޔާ މެހެރާ ޑައިރެކްޓްކޮށްފައިވާ މިފިލްމަކީ ލޯބީގެ ޑްރާމާ ފިލްމެކެވެ. މިދެތަރިންވެސް މިފިލްމުގައި 18 އަހަރާއި 60 އަހަރާއި ދެމެދުގެ މީހެއްގެ ރޯލުން ފެނިގެންދާއިރު މިފިލްމަކީ ޓައިމް ޓްރެވަލް ފިލްމެއް ނުވަތަ ސައިންސް ފިކްޝަން ފިލްމެއް ނޫން ކަމަށް ފިލްމުގެ ޓްރެއިލާ ލޯންޗްކުރި ހަފްލާގައި ސިދާތް ވަނީ ބުނެފަ އެވެ.