މިއުޒިކް

އީދަށް ސޮދަގާތު ފައުޑޭޝަނުން ހުޅުމާލޭގައި މިއުޒިިކް ޝޯއަކާއި ހަވީރެއް ބާއްވަނީ

Sep 6, 2016
3

ސޮދަގާތު ފައުންޑޭޝަނުން "އީދު ފޯރި" ގެ ނަމުގައި ހުޅުމާލޭގައި ބޮޑު އީދު ފާހަގަ ކުރަން ހަރަކާތްތަކެއް ހިންގަން ހަމަޖައްސައިފި އެވެ.

އެ ފައުންޑޭޝަނުން ބުނީ އީދު ބަންދަށް އެކިއެކި ސަބަބުތަކާހެދި މާލެއާއި ހުޅުމާލޭގައި ރަށުން ބޭރަށް ނުދެވި ތިބި ފަރާތްތަކަށް އަމާޒުކޮށް އީދު ފާހަގަ ކުރުމުގެ ހަރަކާތްތަކެއް ހިންގަން ނިންމާފައިވާ ކަމަށާއި އެގޮތުން ކުޑަ ކުދިންގެ ކުޅިވަރުތަކާއި މިއުޒިކް ޝޯއެއް ބާއްވަން ނިންމާފައިވާ ކަމަށެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިޔަށް ގެންދާ މި ހަރަކާތްތައް ހަވީރާއި ރޭގަނޑު ކުރިއަށް ގެންދަން ނިންމާފައިވާއިރު މި ހަރަކާތްތައް ފަށާނީ މި މަހުގެ 12 ވަނަ ދުވަހު އެވެ. ފުރަތަމަ އޮންނާނީ ތަފާތު ކުޅިވަރުތަކާއެކު ކުރިއަށް ގެންދާ ކުޑަކުދިންގެ ހަވީރެކެވެ. އަދި 12 ވަނަ ދުވަހުގެ ރޭ، ދިވެހި ފަންނާނުންނަކާއެކު ބާއްވާ މިއުޒިކް ކުރިޔަށް ގެންދާނެ އެވެ. ޝޯ ކުރިއަށްދާނީ ބާބަކިއު އަކާއެކުއެވެ.

މީގެ އިތުރުން ކުޑަ ކުދިންގެ ހަވީރުގައި ވެސް ކެންޓީންތަކަކާއެކު، އެ ތަނަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ލުއިކާނާ އަދި ބުއިންތައްވެސް ލިބޭނެ އެވެ.