އައްޑޫ ސިޓީ

150 މީހުންގެ ކެއުމަކަށް އޯޑަރުދީފައި ފިލި މީހަކު ހޯދަނީ

އައްޑޫ ސިޓީގެ ހިތަދޫގެ ރެސްޓޯރަންޓަކަށް 150 މީހުންގެ ކެއުމަށް އޯޑަރު ދީ ކެއުން ތައްޔާރު ކުރުވުމަށްފަހު އެ އޯޑަރަށް ފައިސާ ނުދައްކާ ފިލައިގެން އުޅޭ މީހެއް ފުލުހުން ހޯދަން ފަށައިފި އެވެ.

ފުލުހުން ބުނީ ގިނަ ކެއުމަކަށް އޯޑަރު ދިނުމަށް ފަހު މަކަރާއި ހީލަތް ހަދައިގެން ފިލައގެން އުޅެނީ ޏ. ފުވައްމުލަކު މިސްކިތްމަގު، އާގަރާގެ އުމުރުން 33 އަހަރުގެ އަބްދުﷲ ރަމީޒް ކަމަށެވެ.

އަދި އޭނާ އައްޑޫ ސިޓީގެ ރެސްޓޯރަންޓަކަށް 150 މީހުންގެ ކެއުމަށް އޯޑަރު ދިނުމަށްފަހު ފަހުން ފައިސާ ދޭނެކަމަށް ބުނެ ފިލާފައިވާ ކަމަށާއި އޭގެ އިތުރުންވެސް ތަފާތު އެކި ދުވަސް މަތިން އެރެސްޓޯރަންޓުން ކެއުމަށްފަހު ބިލްތަކަށް ފައިސާ ނުދައްކާ ކަމަށް ފުލުހުން ބުންޏެވެ.

އެހެންކަމުން އެމީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ ފުލުހަށް ހިއްސާ ކުރުމަށް ވެސް އެ އިދާރާއިން ވަނީ އެދިފަ އެވެ.