އުރީދޫ

އާ ދެ އެޑްއޯން ޕެކޭޖެއް އުރީދޫއިން ތައާރަފްކޮށްފި

Sep 6, 2016

އުރީދޫއިން މުޅިން އާ ދެ އެޑްއޯން ޕެކޭޖެއް ތައާރަފްކޮށްފި އެވެ. މި ދެ ޕެކޭޖަކީ ގިނަ ވަގުތު ފޯނުކުރާ ފަރާތްތަކަށް ހާއްސަކޮށް ނެރުނު ޕެޖޭޖް ތަކެކެވެ.

އުރީދޫއިން ބުނީ އުރީދޫގެ ހުރިހާ ކަސްޓަމަރުންނަށް ވެސް ބޭނުންކުރެވޭ މި ދެ އެޑްއޯން ޕެކޭޖް، ފްރީ މިނިޓްސް ޕެކް އަދި ރޭޓްކަޓާ ޕެކް މެދުވެރިކޮށް ރާއްޖޭގެ ކޮންމެ ނެޓްވޯކަކަށް ގުޅާލުމަށްވެސް ހިލޭ މިނެޓް ނުވަތަ 50 ޕަސަންޓު އަގު ހެޔޮވާނެ ކަމަށެވެ.

އުރީދޫއިން މިއަދު ތައާރަފްކުރި އެޑްއޯން ޕެކޭޖް ތަކުން ވަނީ އިތުރު ތިން ޕެކެއް ތައާރަފްކޮށްފަ އެވެ.

ރޭޓްކަޓާ ޕެކްގެ ފުރަތަމަ ޕެކަކީ ރޭޓްކަޓާ 30 އެވެ. 15 ދުވަހުގެ މުއްދަތުގެ މި ޕެކުގެ ކޯލް ރޭޓަކީ 0.89 ލާރި އެވެ. މި ޕެކުޖުގެ އަގަކީ 30 ރުފިޔާ އެވެ. ދެވަނަ ޕެކަކީ ރޭޓްކަޓާ 50 އެވެ. މި ޕެކުގެ އަގަކީ 50 ރުފިޔާ އެވެ. 0.69 ލާރީގެ ކޯލް ރޭޓު ހިމެނޭ މި ޕެކުގެ މުއްދަތަކީ 39 ދުވަހެވެ. ރޭޓް ކަޓާގެ ތިން ވަނަ ޕެކަކީ ރޭޓްކަޓާޕެކް 100 އެވެ.30 ދުވަހުގެ މުއްދަތުގެ މި ޕެކުގެ ކޯލް ރޭޓަކީ 0.49 ލާރި އެވެ.

މިއަދު ތައާރަފްކުރި ދެވަނަ އެޑްއޯން ފްރީ މިނިޓްސްގެ ފުރަތަމަ ޕެކަކީ ފްރީ މިނިޓްސް ޕެކް 30 އެވެ. އެ ޕެކުގެ އަގު 30 ރުފިޔާއަށް އަރާއިރު މުއްދަތަކީ ތިން ދުވަހެވެ. މި ޕެކުން ހިލޭ 35 މިނެޓު ލިބޭނެ އެވެ. އަދި ދެވަނަ ޕެކު ކަމަށްވާ ފްރީ މިނިޓްސް ޕެކް 50ގެ އަގަކީ 50 ރުފިޔާ އެވެ. 10 ދުވަހުގެ މުއްދަތުގެ މި ޕެކުން ހިލޭ 65 މިނެޓު ލިބޭނެ އެވެ. ފްރީ މިނިޓްސް ޕެކްގެ ތިން ވަނަ ޕެކަކީ ފްރީ މިނިޓްސް ޕެކް 100 އެވެ. 100 ދުވަހުގެ މުއްދަތުގެ މި ޕެކަކީ 15 ދުވަހުގެ ޕެކެކެވެ. މިޕެކުން ހިލޭ 145 މިނެޓު ލިބޭނެ އެވެ.