ރާއްޖެ ކުޅިވަރު

އެތުލީޓުން ތަމްރީން ކުރަން އެސްޓީއޯ އިން އެއްބަސްވެއްޖެ

Sep 7, 2016

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ޖެނެރަލް ސެކެޓްރީ އަހްމަދު މަރުޒޫގް (މަރޭ) އިސް ނަންގައިވައިގެން ދިވެހި ކުޅިވަރަށް ސަރުކާރާއި އަމިއްލަ ކުންފުނިތަކުގެ ބައިވެރިވުން ހޯދަން ފަށާފައިވާ "ޕާޓްނާސް ފޯ އެމްވީ ސްޕޯޓްސް" ޕްރޮގްރާމްގެ ދަށުން، ކުރިއަށް އޮތް އެއް އަހަރަށް ދިވެހި އެތުލީޓުން ތަމްރީން ކުރުމުގައި އެހީތެރިވުމަށް އެސްޓީއޯއިން އެއްބަސްވެއްޖެ އެވެ.

އެސްޓީއޯގެ މައި އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި އެސްޓީއޯގެ ފަރާތުން "އެމްވީ ސްޕޯޓްސްގެ ރަމްޒީ ބެޓަންއާ ހަވާލުވެލެއްވީ އެސްޓީއޯގެ ޗެއާމަން އަހްމަދު ނިޔާޒެވެ.

ބެޓަންއާ ހަވާލުވުމަށްފަހު ވާހަކަ ދައްކަވަމުން ނިޔާޒު ވިދާޅުވީ، އެސްޓީއޯގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރިއަށް އޮތް އެއް އަހަރަށް ދިވެހި އެތުލީޓުން ތަމްރީން ކުރުމުގައި އެސްޓީއޯއިން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ، ނިޔާޒު ވިދާޅުވީ އެސޓީއޯއިން ތަމްރީން ކޮށްދޭނީ ކިތައް އެތުލީޓުންކަން ފަހުން ހަމަ ކުރާނެ ކަމަށެވެ.

މަރޭ ވިދަޅުވީ ދިވެހި ކުޅިވަރަށް އެންމެ ބޮޑު ހިދުމަތެއް ކޮށްދޭ އެއް ކުންފުންޏަކީ އެސްޓީއޯ ކަމާމެދު ޝައްކެއްވެސް ނެތް ކަމަށެވެ.

"ފުޓްސަލް މުބާރާތެއް ބޭއްވިޔަސް އަދި ރާއްޖޭގައި ބާއްވާ ހުރިހާ ބަށި މުބާރާތެއްގައި އެސްޓީއޯގެ ބައިވެރިވުން ނެތި ނުހިނގާނެ. އަޅުގަނޑުމެންނަށް ފެނިގެންދިޔަ ރާއްޖޭގެ ފުރަތަމަ ޑިވިޝަންގައި ކޮންމެ ކުލަބެއްގެ މޭމަތީގައި އެސްޓީއޯގެ ކޮންމެސް ބްރޭންޑެއް ޖަހައިގެން ކުޅުނު. އަދި މިހާރު ކުރިއަށްދާ މިނިވަން ޗެމްޕިއަންޝިޕް ސްޕޮންސަރަކީ އެސްޓީއޯ. އހެންވެ ރާއްޖޭގެ ކުޅިވަރަށް އެންމެ ހިދުމަތްތެރި ކުންފުންޏަކީ އެސްޓީއޯ އޭ ބުނުން އެއީ އެހެން ކުންފުނިތަކަށް ވެވޭ ބޭއިންސާފެއް ނޫން" މަރޭ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ "އެމްވީ ސްޕޯޓްސް ޕާޓްނަސްގެ ދަށުން އެހީތެރިކަން ފޯރުކޮށްދޭ ކުންފުނިތަކަށް ޓްރާންސްޕޭރެންޓް ކޮށް އެނގޭނެ އެ ކުންފުނީގެ ފަރާތުން ސްޕޮންސްކޮށްދޭ އެތުލީޓުންނަށް ތަމްރީން ޕްރޮގްރާމްތައް ކުރިއަށްދާ ގޮތާއި އެތުލިޓުންނަށް ނަށްް އަންނަ ކުރިއެން. އެމައުލޫމާތުތައް އެކުންފުނިތަކަށް އަޅުގަނޑުމެން ފޯރުކޮށްދޭނަން" މަރޭ ވިދާޅޫވިއެވެ.