ރާއްޖެ ކުޅިވަރު

މަރޭގެ އަމާޒަކީ 32 އެތުލީޓުން ބޭރުގައި ތަމްރީން ކުރުން

Sep 7, 2016
1

މޯލްޑިވްސް އޮލިމްޕޮކް ކޮމީޓީގެ ސްކޮލާޝިޕް ޕްރޮގްރާމްގެ ދަށުން 2011 ވަނަ އަހަރުން ފެށިގެން ރައްޖެއިން ބޭރަށް ދިގު މުއްދަތުގެ ޓަރެއިނިންއަށް ފޮނުވީ ފަސް އެތުލީޓުންނެވެ. އެ އެތުލީޓުންގެ ނަތީޖާވެސް ފެނިޖެ އެވެ. ގައުމަށް ރީތި ނަންވެސް ލިބިއްޖެ އެވެ.

"ދެހާސް އެގަރަ ވަނަ އަހަރުން ފެށިގެން ރާއްޖެއިން ބޭރުގެ ޓްރެއިނިންއަށް އަޅުގަނޑުމެން ފޮނުވި ފަސް ކުދިންގެ ނަތީޖާ ދިވެހިންނަށް ފެންނާނެ. މިހާތަނަށް ތަފާތު އެކި ގޭމްސްތަކުގައި އެ އެތުލީޓުން ރާއްޖެއަށް އަށް މެޑަލް ގެނެސް ދީފި،" އޮލިމްޕިކް ކޮމިޓީގެ ޖެނަރަލް ސެކެޓްރީ އަހްމަދު މަރުޒޫގް (މަރޭ) ވިދާޅުވިއެވެ.

މަރޭގެ މިހާރުގެ އަމާޒަކީ އެ އަދަދު މައްޗަށް ހިއްލާލުމެވެ. އޭނާ އަމާޒު ކުރައްވައިގެން ހުންނެވީ އަންނަ އަހަރު ފެށެން ވާއިރަށް ރާއްޖެއިން ބޭރަށް 32 އެތުލީޓުން ފޮނުއްވުމަށެވެ.

"ޓްރެއިނިން ވިތް އެމްވީ ޗެމްޕްސް" ޝިއާރުގެ ދަށުން އެތުލީޓުންނާއެކު ދަނޑަށް ވަޑައިގެން ޓްރޭން ކުރެއްވުމަށް ފަހު، މަރޭގެ ވޯމްއަޕް މިފަހަރު ތަފާތެވެ. އޭނާ މިފަހަރު ނިކުންނެވީ "ޕާޓްނާސް ފޯ އެމްވީ ސްޕޯޓްސް" ތީމަކަށް ނަންގަވައިގެނެވެ. ދިވެހި އެތުލީޓުން ތަމްރީން ކުރުމަށް ސަރުކާރާއި އަމިއްލަ ކުންފުނި އަދި މުއައްސަސާތަކުގެ އެހީތެރިކަން ހޯއްދެވުމަށެވެ.

ޖަޕާނުގެ ޓޯކިޔޯގައި 2020 ގައި ބާއްވާ އޮލިމްޕިކް ގޭމްސްގައި އެކި ކުޅިވަރުތަކުން ވާދަ ކުރުމުގެ އަޒުމުގައި، ފާހަގަ ކުރެވިފައިތިބި 32 އެތުލީޓުންގެ ޓްރެއިންނިންގެ ހަރަދު ކުންފުނިތައް މެދުވެރިކޮށް ހޯއްދެވުމެވެ.

"އަޅުގަނޑުމެންނަށް ފާހަގަ ކުރެވިފައި އެބަތިބި ރާއްޖެއަށް މެޑަލް ގެނެވޭނެ ފެންވަރުގެ 32 އެތުލީޓުން. އަޅުގަނޑުގެ އުންމީދަކީ 36 އެތުލީޓުންނަށް ފުރުސަތު ހޯދައިދިނުން. ނަމަވެސް އިރާދަކުރެއްވިއްޔާ އެންމެ މަދުވެގެން 32 އެތުލީޓުން އަންނަ ޖަނަވަރީގައި ފޮނުވުމަށް މަސައްކަތް ކުރާނަން" މަރޭ ވިދާޅުވިއެވެ. މީގެ އިތުރަށް އިތުރު ފުރުސަތުތައް ލިބޭވަރަކުން އެހެން އެތުލީޓުން ފޮނުވަމަކީ މަރޭގެ އަމާޒެކެވެ.

"ކުލަބުތަކުގެ އެކެޑަމީތަކާއި ގުޅިގެން ޓީމު އިވެންޓް ކުޅިވަރުތަކަށް ޖާގަ ހޯދުމަށް މަސައްކަތް ކުރާނަން" މަރޭ ވިދާޅުވިއެވެ.

މިހާތަނަށް ޓްރެއިނިން އަށް ފޮނުވާފައިވަނީ އިންޑަވިޖުއަލް ކުޅިވަރުތަކުގެ އެތުލީޓުންނެވެ. މަރޭ ވިދާޅުވީ "ހައިޕާފޯމަންސް ސެންޓަރުތައް މިހުންނަނީވެސް އިންޑަވިޖުއަލް އަދި އެންމެ ފަސޭހައިން ފުރުސަތު ލިބެނީވެސް އިންޑަވިޖުއަލް ކުޅިވަރުތަކަށް" ކަމަށެވެ. ނަމަވެސް މަރޭ އުންމީދުކޮށްގެން ހުރީ ކުރިއަށް އޮތް ތަނުގައި ޓީމު އިވެންޓްތަކުންވެސް ފުރުސަތު ތަނަވަސްކޮށް ދިނުމަށެވެ.

"ކުލަބުތަކުގެ އެކެޑަމީތަކާއި ގުޅިގެން ޓީމު އިވެންޓް ކުޅިވަރުތަކަށް ޖާގަ ހޯދުމަށް މަސައްކަތް ކުރާނަން" މަރޭ ވިދާޅުވިއެވެ.