ރާއްޖެ ކުޅިވަރު

ޔޫތު ޗެމްޕިއަންޝިޕް: ވެލެންސިއާ އަތުން ބީޖީ އަށް މޮޅެއް

އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕްގައި މިއަދު ހަވީރު ކުޅުނު މެޗްގައި ވެލެންސިއާގެ މައްޗަށް ބީޖީ ސްޕޯޓްސް ކުލަބުން 1-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައިފިއެވެ.

ހެންވޭރު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗްގައި ބީޖީގެ ހަމަ އެކަނި ލަނޑު ދެ ވަނަ ހާފު ފެށިގެން ހަތަރު ވަނަ މިނެޓް ތެރޭގައި ކާމިޔާބު ކުރީ އަލީ ސައީދެވެ.

ވެލެންސިއާ އަކީ ކުރިން ބޭއްވި 21 އަހަރުން ދަށުގެ އެންމެ ކާމިޔާބު ޓީމެވެ. އެޓީމުން ވަނީ މުބާރާތުގެ ފައިނަލްގައި ދެ ފަހަރު ކުޅޭ އެއްފަހަރު ޗެމްޕިއަންކަން ހޯދާފައެވެ.

މުބާރާތުގައި މާދަމާ ކުޅޭ މެޗްގައި ބައްދަލު ކުރާނީ ވިކްޓްރީއާ ޓީސީ ސްޕޯޓްސް ކުލަބެވެ.