ރާއްޖެ ކުޅިވަރު

އިންޓަ ސްކޫލް ވޮލީ މުބާރާތް: 14 އަހަރުން ދަށުގެ ފިރިހެން ޗެމްޕިއަން ތާޖުއްދީން

އިންޓަ ސްކޫލް ވޯލީބޯޅަ މުބާރާތުގެ 14 އަހަރުން ދަށުގެ ފައިނަލްގައި މުހިޔުއްދީން ގެ މައްޗަށް ސީދާ ތިން ސެޓުން ކާމިޔާބު ހޯދައި ޗެމްޕިއަންކަން ތާޖުއްދީން ސްކޫލް ހޯދައިފިއެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓްގައި މިއަދު ހަވީރު ކުޅުނު މެޗްގައި ފުރަތަމަ ސެޓް ތާޖުއްދީން ހޯދީ 25-18 އިން ނެވެ. ދެ ވަނަ ސެޓް 25-16 ހޯދިއިރު ތިންވަނަ ސެޓް ފަސޭހަ ކަމާއެކު ހޯދީ 25-13 އިންނެވެ.

ފައިނަލް މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ތާޖުއްދީން ސްކޫލްގެ ޔޫސުފް އީވާން ޝާނޫންއެވެ. މުބާރާތުގެ ވަނަ ތަކަށް އިނާމު ދިނުން އޮންނާނީ މާދަމާއެވެ.