- ސްކޫލްގައި އުޅުނުއިރުވެސް އިވެންޓް މަސައްކަތް ކުރި
- ކާމިޔާބުގައި އެންމެ ގާތް ދެ ރަހުމަތްތެރިންގެ ހިތްވަރު
- ޗޮޕާޓުގެ ކާމިޔާބީގެ އެންމެ ބޮޑު ހިއްސާ ޓީމަށް
އެންމެ ކުޑައިރު ވެސް ކުރީ މިކަމެވެ. ދެއްކީ މި ހުނަރެވެ. ކުރީގެ ހަނދާތަކަށް ދާނަމަ ގޭގައި ބިރުވެރި ހޮހަޅަ ހަދައިގެން ގޭދޮށު މީހުން "ބިރުގެންނެވީ" އެވެ. އަވައްޓެރިންނަށް ދައުވަތު ދީގެން ލަވަ މުބާރާތް އިންތިޒާމް ކުރީ އެވެ. މިހާރު މި ހުނަރުވެރިޔާ ހުރި ހިސާބު އެނގޭ ހެއްޔެވެ؟ އޭނާގެ މި ހުނަރު ތަރައްގީކޮށް މިއަދު ވިދައިބަބުޅަނީ އެވެ. މިހާރު މިއީ ރާއްޖޭގެ މަޝްހޫރު އިވެންޓް ރާވާ ކުންފުންޏެއްގެ އެއް ހިއްސާދާރެވެ. ޗޮޕާޓުގެ މިހުސޯ އަބްދުއްސައްތާރު (މިހުސޯ) އެވެ. އޭނާ އަކީ ޗޮޕާޓްގެ މައި ސިކުޑި އެވެ.
"އަބަދު ވެސް ކްރިއޭޓިން ދާއިރާ އަށް ޝައުގުވެރިކަން ހުރޭ. އަބަދު ވެސް ބިރުވެރި ވާހަކަ އަށް ލައިކްވޭ. އެހެންވެ ގޭގައި ހަދަނީ ވެލި އަޅައިގެން ބިރުވެރި ހޮހަޅަ. ފިލާ ޖަހައިގެން ހަދަނީ. މިތަނުގައި ގަބުރު ހަށިގަނޑު ވެސް ހަދާފައި ހުންނާނެ، މި އެނބުރޭ ގޮތަށް ހަދަނީ ފަންކާގައި އެލުވައިގެން،" މިއީ މިހުސޯ ގްރޭޑް ފަހެއްގައި ކިޔެވި ދުވަސްވަރު ތަރައްގީ ކުރި ހުނަރުގެ ވާހަކަ އެވެ.
"މިގޮތަށް ލިބޭ ލާރިން ކޮންމެ މަހަކު އެއްޗެއް ގަތީ. މިގޮތަށް ލިބޭ ލާރި އިންވެސްޓްކުރީ. ޕްރޮޑަކްޝަންގެ އިކްއިޕްމަންޓް ވަރަށް އަގު ބޮޑުވާނެ. ފުރަތަމަ ޗޮޕާޓު އޮފީސް ވެސް ވަރަށް ކުޑަވާނެ. ދެ ޗޮޕާޓުގެ ފެށުން އައިގޮތް މިހުސޯ ކިޔައިދިނެވެ.
އޭގެ ފަހުން ވަނީ ދިޓީވީ އަށެވެ. މިހާރު މިހުސޯގެ މަޝްހޫރުވި "ޗޮޕާޓު" ގެ ފެށުން އައީ ދިޓީވީގައި އުޅުނުއިރު އެ ތަނުގައި މަސައްކަތް ކުރި "ހާމީ" އާ ގުޅުނު ހިސާބުންނެވެ.
"ހާމީއަކީ މިހާތަނަށް ފެނުނު އެންމެ ހުނަރުވެރި މީހާ. ހާމީއާ ދެ މީހުން އެންމެ ފުރަތަމަ ހެދީ އައިކެއާގެ އިޝްތިހާރެއް،" މިހުސޯގެ ފުރަތަމަ މަސައްކަތް ކިޔައިދިނެވެ.
މީގެ ފަހުން ހާމީއާއި މިހުސޯ ގުޅިގެން، އިޝްތިހާރުތައް ހަދަން ފެށި އެވެ. މި މަސައްކަތްކުރީ ހަފުތާ ބަންދުގަ އެވެ. އެ ދުވަސްވަރު ބޭންކް އޮފް މޯލްޑިވްސްގެ އިސްތިހާރު ވެސް ހެދި އެވެ. ނަމަވެސް ޗޮޕާޓު ހެދުމުގެ ހިޔާލަކީ ރަހުމަތްތެރިޔާ "އާއިޒް" އިސްނެގުމެވެ. އޭނަގެ ދިން މޮޅު ހިޔާލާއެކު ހާމީ އާއި މިހުސޯ ޗޮޕާޓު އުފެއްދި އެވެ. ފުރަތަމަ ފައިސާ ހޯދީ ހަފުތާ ބަންދުގައި ހަދާ އިޝްތިހާރުތަކުން ލިބޭ ފައިސާ ކޮޅު ރައްކާކޮށްގެންނެވެ. މީގެ ބޭނުމަކީ ބައެއް އިކްއިމްޕްމަންޓް ހޯދުމެވެ.
"މިގޮތަށް ލިބޭ ލާރިން ކޮންމެ މަހަކު އެއްޗެއް ގަތީ. މިގޮތަށް ލިބޭ ލާރި އިންވެސްޓްކުރީ. ޕްރޮޑަކްޝަންގެ އިކްއިޕްމަންޓް ވަރަށް އަގު ބޮޑުވާނެ. ފުރަތަމަ ޗޮޕާޓު އޮފީސް ވެސް ވަރަށް ކުޑަވާނެ. ދެ ޗޮޕާޓުގެ ފެށުން އައިގޮތް މިހުސޯ ކިޔައިދިނެވެ.
"މި ހިސާބުން ބައިވެރި މަސައްކަތް ލިބެން ފަށައި. މިހާރު ވަރަށް ބޮޑު އޮފީހެއް ހުންނާނެ. އިރާދުކުރެއްވިއްޔާ މިހާރު މިއޮތީ ރަނގަޅު ވިޔަފާރިއަކަށްވެފައި،" މާކެޓިން ދާއިރާއިން މަތީ ތައުލީމް ހާސިލްކޮށްފައިވާ، މިހުސޯ ވިދާޅުވި އެވެ.
"އެންމެ ފުރަތަމަ ހިތައް އެރި މި ވިޔަފާރީގައި ފައި ހަރުކުރަން ވަރަށް ދަތިވާނެއޭ. ނަމަވެސް މިހާރު ރާއްޖޭގެ އެންމެ ބޮޑެތި ކުންފުނިތަކުގެ މަސައްކަތް ވެސް އިދާރުކުރެއްވިޔާ މިހާރު ލިބޭ."
މި މަސައްކަތުގައި އެންމެ މުހިންމު މީހުންގެ ލިސްޓެއް ނަގާނަމަ، އެންމެ މުހިންމު ވަނީ އާއިލާ އާއި ހާމީ އަދި އާއިޒް އެވެ. މި މީހުންނަކީ މޮޅެތި ހިޔާލުތައްދީ، އެންމެ ބޮޑަށް ލަފާދޭ މީހުންނެވެ. މިހުސޯ ދެކޭ ގޮތުގައި މިއީ ދިރިއުޅުމުގެ އެންމެ ބޮޑު އެހީދޭ ފަރާތްތަކެވެ.
މިހުސޯ ބުނި ގޮތުގައި މި ހިސާބަށް ދަތުރުކޮށްފައިވަނީ ކާމިޔާބު ހޯދާފައިވާ ގިނަ މީހުން މިސާލަކަށް ބަލައިގެންނެވެ. މިއީ ކާމިޔާބީ ލިބުމުގެ އެންމެ ބޮޑު އެއް ސަބަބަކި މިއީ ކަމަށް އޭނާ ދެކެ އެވެ. އަދި އޭނާ ދެކޭ ގޮތުގައި ކްރިއޭޓިވް ދާއިރާގައި ކިޔެވުން ކޮންމެހެން މުހިންމެއް ނޫނެވެ.
"ކޮންމެހެން ކިޔެވުން މުހިންމެއް ނޫން މި ދާއިރާގައި. ކްރިއޭޓިވިޓީއަކީ މުޅިން އެހެން ކަމެއް،" މިހުސޯ ބުންޏެވެ.
އޭނާ ބުނި ގޮތުގައި އިވެންޓް ރޭވުމާއި ވީޑިއޯ ހެދުމުގެ ދާއިރާއިން ނުފެނުނަމަ ފެނުން އެންމެ ގާތީ އިންޓީރިއާ ޑިޒައިންގެ ދާއިރާއިންނެވެ.
"ވަރަށް ކުރާ ހިތް ވާކަމެއް މިއީ،" މިހުސޯ ބުންޏެވެ.
މިހުސޯ ބުނި ގޮތުގައި މިހާރުގެ މަސައްކަތަކީ ވަރަށް ގިނަ ވަގުތު މަސައްކަތް ކުރަން ޖެހޭ ބުރަކަމެވެ. އެކަމަށް ޓަކައި ޗޮޕާޓު އޮފީސް ވެސް ހުންނަނީ އެކަމަށް ހާއްސަކޮށް ފަރުމާކޮށްފަ އެވެ.
"އޮފީސް ހުންނާނީ ރެސްޓްކޮށްލެވޭ ގޮތަށް. ބީން ބޭގްވެސް ބަހައްޓާފަ. އެއީ ބްރޭއިން ސްޓޯމިން ކޯނަރު. އެތަން ހުންނާނީ ޕަވާ މެޕް ނަގާލެވޭ ގޮތަށް،" މިހުސޯ ބުންޏެވެ.
އޭނާ ބުނީ މި މަސައްކަތުގައި އެކި ދަތިތަކާ ކުރިމަތިވާ ކަމަށާއި، އެ ފަދަ ކަންކަން ދެކެނީ ކާމިޔާބީއެއް ކަމަށެވެ.
"މި ތަނުން އިވެންޓް އޮގަނައިޒް ކުރުމާއި ވީޑިއޯ އިޝްތިހާރު ވެސް ހަދާނެ،" މިހުސޯ ބުންޏެވެ.
މިހުސޯ ބުނީ ހުރިހާ މަސައްކަތެއް ވެސް ހަދަނީ ވަރަށް ކަމޭހިފައިގެން ކަމަށާއި، ނަމަވެސް އެންމެ ފާހަގަ ކުރެވެނީ "ޑީޓިއުން" ބޭންޑުން އެންމެ ފަހުން ނެރުނު ލަވަ ކަމަށެވެ.
"އަޅުގަނޑުމެން ބޭނުންވީ ރާއްޖޭގައި ވެސް މޮޅެތި އެއްޗިހ ހެދޭނެކަން ދައްކަން. އެހެންވެ ގާތްގަނޑަކަށް ހަ މަހުން ނެރުނީ. ޑީޓިއުން ލަވަ ބެލީމަ އެނގޭނެ ނުޖެހޭނެކަން އަބަދު ބީޗުގައި ލަވަ ކުޅޭކަށް. މިއޮތީވެސް ހަމަ ގޮތެއްކަން ތަފާތު މޮޅު އެއްޗެއް ހެދިދާނެ،" މިހުސޯ ބުންޏެވެ.
މިހުސޯ ގަބޫލުކުރާ ޗޮޕާޓުގެ ކާމިޔާބީގެ ސިއްރަކީ މުވައްޒަފުންގެ މަސައްކަތެވެ. އެހެންނޫންނަމަ ކާމިޔާބު ނުހޯދޭނެ ކަމަށް އޭނާ ގަބޫލު ކުރެ އެވެ.
"އަލަށް ބިޒްނަސްއެއް ފަށާ މީހަކަށް ވެސް ބުނެލަން އޮތީ އެންމެ މުހިންމުވަނީ ގެންގުޅޭ ޓީމޭ. މިސާލަކަށް ޗޮޕާޓުގައެއް ނޯންނާނެ ހައިރާކީއެއް. ވަރަށް ކެޝުއަލް ވާނެ އެންމެން އުޅޭލެއް ވެސް،" މިހުސޯ ބުންޏެވެ.
މިއީ ކުޑައިރުގެ ހުނަރު ތަރައްގީކޮށް އެންމެ އުހަށް ދަތުރުކުރި ޒުވާނެއްގެ ވާހަކަ އެވެ. މިހުސޯ ފާހަަގަވަނީ އެހެން މީހުންނަށް މިސާލު ދައްކަމުން، ދިއްލައިފި ޒުވާނެއްގެ ގޮތުގަ އެވެ.