ރާއްޖެ ކުޅިވަރު

ޔޫތު ޗެމްޕިއަންޝިޕް: ހާފިޒުގެ ހެޓްރިކާއެކު ވިކްޓްރީ އަތުން ޓީސީ މޮޅުވެއްޖެ

Sep 8, 2016

އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕްގައި މިއަދު ކުޅުނު މެޗްގައި އަލީ ހާފިޒު ކާމިޔާބު ކުރި ހެޓްރިކާއެކު ވިކްޓްރީ ސްޕޯޓްސް ކުލަބުގެ މައްޗަށް 4-0 ގެ ނަތީޖާ އަކުން ޓީސީ ސްޕޯޓްސް ކުލަބު ކުރި ހޯދައިފި އެވެ.

ހެންވޭރު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗްގައި ޓީސީގެ ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑަކީ ޕެނަލްޓީން ކާމިޔާބު ކުރި ލަނޑު ތަކެވެ. ޓީސީގެ ތިން ލަނޑު ހާފިޒު ކާމިޔާބު ކުރިއިރު އަނެއް ލަނޑު ކާމިޔާބު ކުރީ އިބްރާހިމް ވަހީދު (އިއްބެ) އެވެ.

ފުރަތަމަ ލަނޑު ލިބުނު ޕެނަލްޓީއަކުން މެޗްގެ 24 ވަނަ މިނެޓްގައި ކާމިޔާބު ކުރީ، އިއްބެއެވެ.

އަނެއް ތިން ލަނޑު ހާފިޒު ކާމިޔާބު މެޗްގެ ދެ ވަނަ ހާފުގައެވެ. އޭނާ ގެ ފުރތަމަ ލަނޑު 63 ވަނަ މިނެޓްގައި ކާމިޔާބު ކުރިއިރު، ދެވަނަ ލަނޑު ކާމިޔާބު ކުރީ 74 ވަނަ މިނެޓްގައެވެ. އޭގެ ދެ މިނެޓް ފަހުން ޓީސީގެ ހަތރުވަނަ ލަނޑު ޖަހައި އޭނާ ހެޓްރިކް ހެދީ ލިބުނު ޕެނަލްޓީއަކުންނެވެ.

މުބާރާތުގެ މެޗެއް ދެން އޮންނާނީ މިމަހު 18 ވަނަ ދުވަހުއެވެ. ބައްދަލު ކުރާނީ ވެލެންސިއާއާ އީގަލްސްއެވެ.