އިންޓަ ސްކޫލް ވޮލީބޯޅަ މުބާރާތުގެ 19 އަހަރުން ދަށުގައި ސީއެޗްއެސްއީ ބަލިކޮށް އަންހެން އަދި ފިރިހެން ޗެމްޕިއަން ކަންވެސް އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް ހޯދައިފިއެވެ.
އަންހެން އަދި ފިރިހެން ކެޓަގަރީ ކާމިޔާބު ކުރީވެސް ތިން ސެޓް ދެ ސެޓުން ކާމިޔާބު ހޯދައިގެންނެވެ.
އަންހެން ފައިނަލްގެ ފުރަތަމަ ސެޓް އަހްމަދިއްޔާ ކާމިޔާބު ކުރީ 25-14 އިން ނެވެ. ދެ ވަނަ ސެޓް ކާމިޔާބު ކުރީ 25-22 ން ނެވެ.
ތިން ވަނަ ސެޓް ސީއެޗްއެސްއީ ކާމިޔާބު ކުރީ، 25-15 އިންނެވެ. ހަތަރު ވަނަ ސެޓް ކާމިޔާބު ކުރީ 25-17 އިންނެވެ. މެޗުން މޮޅުވި ސެޓް އަހްމަދިއްޔާ ކާމިޔާބު ކުރީ 15-6 ންނެވެ.
އަންހެން ފައިނަލްގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އަހްމަދިއްޔާގެ އާމިނަތު ޝަހާ ޝާމިންއެވެ.
ފިރިހެން ފައިނަލްގެ ފުރަތަމަ ސެޓް އަހްމަދިއްޔާ ކާމިޔާބު ކުރީ 25-22 ންނެވެ. ދެ ވަނަ ސެޓާއި ތިން ވަނަ ސެޓް ކާމިޔާބު ކުރީ ސީއެޗްސީ އިންނެވެ. ދެ ވަނަ ސެޓް 25-16 އިން ކާމިޔާބު ކުރިއިރު، ތިން ވަނަ ސެޓް ކާމިޔާބު ކުރީ 25-11 ގެ ބޮޑު ތަފާތަކުންނެވެ.
މެޗުން މޮޅުވި އަނެއް ދެސެޓް ގެ ތެރެއިން ހަތަރު ވަނަ ސެޓް އަހްމަދިއްޔާ ކާމިޔާބު ކުރީ 25-21 ން ނެވެ. ފަހު ސެޓް ކާމިޔާބު ކުރީ 15-11 އިންނެވެ. ފައިނަލް މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ އަބްދުﷲ ޝަންވާޒްއެވެ.
މުބާރާތުގެ 16 އަހަރުން ދަށުގެ ފިރިހެން ޗެމްޕިއަންކަން ގޮއިދޫ ސްކޫލް ބަލިކޮށް ކާމިޔާބު ކުރީ، މާފުށީ ސްކުލެވެ. އެޓީމުން މެޗް ކާމިޔާބު ކުރީ ސީދާ ތިން ސެޓުންނެވެ.
ސޯޅަ އަހަރުން ދަށުގެ އަންހެން ފައިނަލްގައި އިމާދުދީން ސްކޫލްގެ މައްޗަށް ސީދާ ތިން ސެޓުން ކާމިޔާބު ހޯދައިގެން ޗެމްޕިއަންކަން ހޯދީ ގޮއިދޫ ސްކޫލެވެ.