މިއުޒިކް

ކޯލްޑްޕްލޭ އިންޑިއާ އަށް! ޓިކެޓްގެ އަގު ފަސް ލައްކަ ރުޕީސްގައި!

Sep 10, 2016
1

އިނގިރޭސި ވިލާތުގެ މަޝްހޫރު ރޮކް ބޭންޑް ކޯލްޑްޕްލޭ އިންޑިއާގެ މުމްބާއީގައި ޝޯއެއް ދޭ ވާހަކައެއް އަޑުއިވުނުފަހުން ކެތްތެރިކަން ކޮޅުން ލައިގެން އުޅެނީ ހަމައެކަނި އިންޑިއާގައި ތިބި ކޯލްޑްޕްލޭގެ ފޭނުން އެކަންޏެއް ނޫނެވެ. ދިވެހިންގެ ތެރެއިން ވެސް ވަރަށް ގިނަ ބަޔަކު ތިބީ މި ކޮންސެޓަކަށް ދިއުމަށް ފޮށިތަންމަތި ބަނދެ ތައްޔާރުކޮށްގެންނެވެ.

އެކަމަކު މިހާރުވެގެން މި އުޅެނީ މާ ދެރަގޮތެކެވެ.

އިންޑިއާގައި ކޯލްޑްޕްލޭގެ ޝޯ އިންތިޒާމްކުރާ ފަރާތުން ޓިކެޓްގެ އަގު އާދަޔާހިލާފަށް ބޮޑުކޮށްލީ އެވެ. މުމްބާއީގެ އެމްއެމްއާރްޑީއޭ ގްރައުންޑްސްގައި ބާއްވާ މި ޝޯގެ ބައެއް ޓިކެޓްތަކުގެ އަގު ފަސް ލައްކަ ރުޕީސް (7472.8 އެމެރިކާ ޑޮލަރު) އަށް އަރާފައިފައިވާއިރު ޓިކެޓެއް އެންމެ ދަށްކޮށް ވެސް ލިބެނީ 25،000 ރުޕީސް އަށެވެ.

ޓިކެޓްތައް ވިއްކަން ފަށާނީ އަންނަ ހޯމަ ދުވަހު އެވެ. ނަމަވެސް ސޯޝަލް މީޑިއާ އަށް ބަންޑުންވަމުންދާ ކޮމެންޓްތަކަށް ބަލާއިރު ވަރަށް ގިނަ ބަޔަކު ތިބީ މި އަގުތަކުގައި ކޯލްޑްޕްލޭގެ ޝޯ އަށް ނުދާން ނިންމައިގެންނެވެ. އަދި އިންޑިއާގެ ވަރަށް ގިނަ ބަޔަކު ޝޯ އިންތިޒާމްކުރާ ފަރާތަށް ފާޑުކިޔަމުންނެވެ.