ބަރަކް އޮބާމާ

އޮބާމާގެ ދެކަނބަލުންގެ މި ފޮޓޯތައް، ވަރަށް ކަމުގޮސްފި!

Sep 10, 2016

އެމެރިކާގެ ރައީސް ބަރަކް އޮބާމާ، އަދި އަނބިކަނބަލުން މިޝޭލް އޮބާމާ މެގަޒިންއަކަށް ނެންގެވި ފޮޓޯ ޝޫޓަކާއެކު އެ ފޮޓޯތައް އެތައް ބަޔަކަށް ކަމުގޮސް، ތައުރީފުކުރަން ފަށައިފި އެވެ. އެމެރިކާގެ ފަސްޓް ކަޕުލް މި ފޮޓޯތައް ނަގާފައިވަނީ އެސެންސް މެގަޒިންނަށެވެ.

BlackLove# މި ހޭޝްޓެގްގައި އެ ދެ ބޭފުޅުންނަށް ޓްވިޓާގައި ގިނަ ބަޔަކު ވަނީ ތައުރީފްކޮށްފަ އެވެ. ފޮޓޯ ޝޫޓާއެކު ހާއްސަ އިންޓަވިއުއެއް ވެސް އެ ދެ ބޭފުޅުން މެގަޒިންނަށް ދެއްވާފައިވެ އެވެ.

އެގޮތުން މިޝޭލް ވަނީ، ސިއްހަތާއި ދުޅަހެޔޮ ކަމާއި ދަރިންނާ ގުޅޭ ވާހަކަތަކެއް ހިއްސާކުރައްވާފަ އެވެ. ނަމަވެސް ވާހަކަތަކަށްވުރެ ބޮޑު ސަމާލުކަމެއް ހޯދީ، ލޯބިން ފުރިފައިވާ ދެ ބޭފުޅުންގެ ފޮޓޯތަކަށެވެ.

މި އިންޓަވިއުގައި އޮބާމާއާ ވައިޓް ހައުސްއިން އެންމެ ބޮޑަށް ހަނދާންވާނެ ކަމަކީ ކޮބައިތޯ ސުވާލުކުރުމުން ވިދާޅުވީ، އާއިލާއާއެކު ހޭދަކުރި ހިތްގައިމު ވަގުތުތައް ކަމަށެވެ.

"ވައިޓް ހައުސްގައި ހޭދަކުރި އެންމެ އުފާވެރި ވަގުތުތަކަކީ ދަރިންނާއެކު ސަމާގައި ހޭދަކުރި ވަގުތުތައް، އަދި ޕެޓް ޑޯގްތަކާއެކު ހޭދަކުރި ވަގުތުތައް ވެސް ވަރަށް ހަނދާންވާނެ،" އޮބާމާ ވިދާޅުވި އެވެ.