މެންޗެސްޓާގެ ދެ ޓީމު ވާދަކޮށް 2-1އިން ސިޓީ އަތުން ޔުނައިޓެޑް ބަލިވި މެޗުގައި ރެފްރީ މާކް ކެޓަލަންބާގް ބޮޑު ދެ މިސްޓޭކް ހެދި ކަމަށް ޔުނައިޓެޑުން ބުނެފި އެވެ.
ކޯޗު ހޯސޭ މޮރީނިއޯ ބުނީ ޕެނަލްޓީ އޭރިޔާ ތެރެއިން ސިޓީގެ ކީޕަރު ކްލައުޑިއޯ ބްރާވޯ، ކެޕްޓަން ވޭން ރޫނީ އަށް ކުރި ފައުލަކީ ޕެނަލްޓީ އެއް ކަމަށެވެ.
"އެއީ އަހަރެންގެ ކުޅުންތެރިއަކު ކުރި ކަމެއްނަމަ މިސާލަކަށް ބުނާނަމަ ފެލައިނީ ނުވަތަ ރޫނީ ދަނޑުމެދުން ކުރި ފައުލަކަށްވިނަމަ ޔަގީން ރަތްކާޑު ދައްކާފައި ހިލޭޖެހުމެއްދޭނެ. ޕެނަލްޓީ އޭރިޔާތެރޭން ދޭންވީމާ އުނދަގޫވީ. މާކް (ރެފްރީ) އަށް ނުކެރުނީ ދޭން،" މޮރީނިއޯ ބުންޏެވެ.
އޭނާ އަދި ޕެނަލްޓީ އޭރިޔާތެރެއިން ސިޓީގެ އޮޓެމެންޑީ އަތުގައި ޖެހުނު ބޯޅަ އަކީ ވެސް ޕެނަލްޓީ އެއް ކަމަށެވެ.
މި މެޗުން ބަލިވުމުން ސިޓީ ވަނީ ޔުނައިޓެޑަށްވުރެ ތިން ޕޮއިންޓް ކުރިއަށް ޖެހި ޓޭބަލުގެ އެއްވަނާގަ އެވެ. އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ ޔޫރަޕުގެ އެންމެ ގަދަ ޓީމުތަކާ ކުޅެން ސިޓީ އަދި ތައްޔާރުނޫން ކަމަށާއި އޭނާ ދަނީ ޓީމު ތައްޔާރުކުރަމުން ކަމަށެވެ. އަދި މިކަމަށް ވަގުތު ބޭނުންވާނެ ކަމަށާއި މިހާތަނަށް ހޯދާފައިވާ ނަތީޖާތަކާމެދު ހިތްހަމަޖެހޭ ކަމަށެވެ.