ދުނިޔެ

ބަންގްލަދޭޝްގެ އިދިކޮޅު ލީޑަރު ހައްޔަރުކުރަން ކޯޓުން އަމުރުކޮށްފި

ބަންގްލަދޭޝްގެ އިދިކޮޅު ލީޑަރު ޚާލިދާ ޒިއާ ހައްޔަރުކުރަން އެ ގައުމުގެ ކޯޓަކުން އަމުރުކޮށްފި އެވެ.

އެ ގައުމުގެ އިދިކޮޅު ނޭޝަނަލިސްޓް ޕާޓީގެ ލީޑަރު ޚާލިދާ ހައްޔަރުކުރަން ޑާކާގެ ކޯޓަކުން އަމުރުކުރީ ޚާލިދާގެ މައްޗަށް ދައުލަތުން އުފުލާ ކޮރަޕްޝަންގެ ދައުވާގެ ޝަރީއަތަށް ހާޒިރުނުވި މައްސަލައިގަ އެވެ. އޭނާގެ މައްޗަށް ދައުވާކުރަނީ ޗެރިޓީ ފަންޑުތަކެއްގެ އެތައް ލައްކަ ޑޮލަރަކަށް ޚިޔާނާތްތެރިވި ކަމަށް ބުނެއެވެ. އެ ތުހުމަތަށް ޚާލިދާ ޒިއާ އާއި އޭނާގެ ބަންގްލާދޭޝް ނެޝަނަލް ޕާޓީ (ބީއެންޕީ) އިން އިންކާރު ކުރެ އެވެ.

ޚާލިދާ ޒިއާ ކޯޓަށް ހާޒިރުކުރަން ހައްޔަރު ކުރަން އަމުރު ނެރެފައި ވާއިރު އޭނާގެ ޕާޓީން މަގުމައްޗަށް ނިކުމެ، އަވަސް އިންތިހާބަކަށް ގޮވާލައި މުޒާހަރާކުރާތާ ދުވަސްތަކެއް ވެއްޖެ އެވެ. ބޮޑުވަޒީރު ޝައިޚް ހަސީނާ އިސްތިއުފާ ދެއްވުމަށް ފަހު އިންތިހާބު ބޭއްވުމަށް ގޮވާލައި ކުރާ މުޒާހަރާތަކުގައި 100 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.  --ބީބީސީ