ފިނިޕޭޖް

ލޭޑީ ގާގާ ގެ އަލްބަމް އަންނަ މަހު 21 ގައި ރިލީޒް ކުރަނީ

Sep 16, 2016

ލޭޑީ ގާގާގެ އާ އަލްބަމް "ޖޮއޭން" އަންނަ މަހުގެ 21 ވަނަ ދުވަހު ރިލީޒް ކުރަން ނިންމައިފި އެވެ. ޖޮއޭން އަކީ ލޭޑީ ގާގާ ގެ ނަމުގެ ބައެކެވެ.

މި އަލްބަމަކީ 1974 ވަނަ އަހަރު މަރުވި އޭނާގެ ބޮޑުދައިތައަށް ހަދައިދޭ ޓްރިބިއުޓެއް ކަމަށްވެ އެވެ. އެހެން ނަމަވެސް އެ ބޮޑުދައިތަ މަރުވި އިރު ލޭޑީ ގާގާ އާ އެންމެ ފަހަރަކުވެސް ދިމާވެފައި ނުވާކަމަށްވެ އެވެ. އެހެން ނަމަވެސް ގާގާ އާ އޭނާގެ ބޮޑުދައިތަވަނީ ރޫހާނީ ގޮތުން ގުޅިފައިކަމަށް އޭނާ ގަބޫލުކުރެ އެވެ. މި ޓްރިބިއުޓް ހެދުމުގެ އެންމެ ބޮޑު އެއް ސަބަބަކީ އެއީ އެވެ.

މި އަލްބަމް ރިލީޒްކުރާކަން އޭނާ އިއުލާނު ކޮށްފައިވަނީ އިއްޔެ އޭނާ ބައިވެރިވި ރޭޑިއޯ ޝޯއެއްގައި ވާހަކަ ދައްކަމުންނެވެ. މިއި އޭނާގެ ފަސް ވަނަ އަލްބަމެވެ. މި އަލްބަމުގައި 11 ލަވަ އިންނާނެ ކަމަށްވެ އެވެ. މި އަލްބަމްގައި އޭނާ އާ އެކު ލަވަ ހެދުމުގައި ބައިވެރިވަނީ މަޝްހޫރު ލަވަ ލިޔުންތެރިޔާ ހިލަރީ ލިންޑްސޭ އެވެ. ލިންޑްސޭ އަކީ ކެރީ އަންޑާވޫޑް އަދި ޓޭލާ ސްވިފްޓް އާ އެކު މަސައްކަތް ކޮސް ރެކޯޑް ހަދާފައިވާ މީހެކެވެ. އެހެން ކަމުން ލޭޑީ ގާގާގެ މި އަލްބަމްވެސް ރިކޯޑެއް ހަދާނެ ކަމަށް ބެލެވެ އެވެ.

މިދިޔަ ހަފްތާގެ ތެރޭގައި ލޭޑީ ގާގާ ވަނީ އޭނާގެ މުޅިން އާ ލަވައެއް ކަމަށްވާ "ޕާފެކްޓް އިލޫޝަން" ރިލީޒްކޮށްފަ އެވެ.