ސްރީލަންކާގެ ޝޮޕިން ކޮމްޕެލްކްސްއެއްގައި އަލިފާން ރޯވެ 100 އަށްވުރެ ގިނަ ފިހާރަ މުދަލާއެކު އަނދާ ހުލިވެއްޖެ އެވެ. މި ހާދިސާގައި މީހަކަށް ގެއްލުންވި ކަން މީޑިއާ ރިޕޯޓްތަކުން ސާފެއް ނުވެއެވެ.
ކިލިނޮއްޗީގައި އަބަދުވެސް ބާރު ބޮޑު ޝޮޕިން ކޮމްޕެކްސްގައި ރޭ ދަންވަރު ރޯވި އަލިފާންގަނޑުގައި ގިނަ އަދަދެއްގެ ފިހާރަ އަނދައިގެ އަޅިއަށްވި އިރު ފެތުރެމުން ދިޔަ އަލިފާން ނިއްވާލެވުނީ ފަތިސްވީ ފަހުންނެވެ. އަލިފާން ނިއްވުމުގައި ހަރަކާތްތެރިވެފައި ވަނީ އާމީގެ ސިފައިންނާއި ސަރަހައްދުގެ އާންމުންނާއި ފުލުހުންންވެ.
މިއީ ގިނަ އަދަދަކަށް ދިވެހިން ވެސް އުޅޭ ސްރީލަންކާގައި މި ފަހަކަށ އައިސްހިނގި އަލިފާނުގެ އެންމެ ބޮޑު ހާދިސާއެވެ. މިހާދިސާގައި ފިހާރަތައް އަނދައިގެން ދިޔައިރު ވަރަށް މަޝްހޫރު ސައިފަތް ފްކެޓްރީއެއް ކަމަށްވާ ބަލަން ގޮޑާފެކްޓްރީ ވަނީ މުޅިން ހުލިވެފަ އެވެ.
ޝޮޕިން ކޮމްޕްލެކްސް އާއި ފެކްޓްރީގައި އަލިފާން ރޯވީ ކަމެއް ނުވަތަ ބަޔަކު ރޯކޮށްލީ ކަމެއް މިހާތަނަށް ފުލުހުން ސާފުކޮށްދީފައެއް ނުވެ އެވެ.
ސްރީލަންކާގެ ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރުގެ އެސިސްޓެންޓް ޑިރެކްޓަރު ޕްރަދީޕް ކޮޑިޕިއްލީ ވިދާޅުވީ އަލިފާނުގެ ބޮޑު އެ ހާދިސާ ބަލައި ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.