ހަބަރު

މީހަކު މަރާލި މައްސަލާގައި ޒުވާނަކު ހައްޔަރުކޮށްފި

Dec 9, 2014
1

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ މާލޭގައި މާރާމާރީ ހިންގައި މީހަކު މަރާލި މައްސަލާގައި ތުހުމަތުކުރެވޭ ޒުވާނަކު މީގެ އިރުކޮޅެއް ކުރިން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މަރުގެ މައްސަލާގައި 20 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފައިވާ ކަމަށާއި އޭނާ ހައްޔަރުކުރީ ހ.ބްލޫބާޑް ގޭތެރޭގައި ހުއްޓާ ކަމަށެވެ. އެ ގެ ހުންނަ ރަތްވިލާ ހިނގުމުގައި ޕާކްކޮށްފައި އޮތް ކާރެއްގެ ދަށުން ފުލުހުން ރޭ ވަނީ ކަނޑިތަކެއް ވެސް ހޯދައިފަ އެވެ.

ފުލުހުން ބުނީ ހައްޔަރުކުރި މީހާ ހުރި ގެ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކޮށް، މައްސަލައާ ގުޅުން ހުރި ކަމަށް ބެލެވޭ ބައެއް ތަކެތި ގެންގޮސްފަ އެވެ.

މާރާމާރީގައި މީހަކު މަރާލާފައި ވަނީ ރައްޔިތުން މަޖިލިސްކުރާ ގެ ކައިރީގައި ހުންނަ އަލޯރާ ފިހާރަ ކައިރީގަ އެވެ. މާރާމާރީގައި މަރުވެފައި ވަނީ ސ. މަރަދޫ، އަހްމަދު މަފާޒު، 28، އެވެ. 

އެ މާރާމާރީގެ ކުރިން ވެސް ހަމަ އެރޭ ޖަނަވަރީ ހިނގުމުގައި ވަނީ މާރާމާރީއެއް ހިންގައި މީހަކަށް ވަރަށް ބޮޑަށް އަނިޔާކޮށްފަ އެވެ.