ދިވެހި ބޮޑުބެރުގެ އާ ޖީލަކާ އެކު މި ސަގާފަތާއި ކުޅަދާނަކަން މި ވަނީ އާ އުސްމިނަކަށް ގެންގޮސްފަ އެވެ. އިހަކަށް ދުވަހު މިސްރުގައި ޕާފޯމްކޮށްގެން ހަރުބީ ބޮޑުބެރު ގްރޫޕަށް ތައުރީފު އޮހިފައި ވަނިކޮށް މި ދުވަސްކޮޅު ދިވެހިންގެ ބޮޑުބެރަށް މިސްރު މީހުންގެ ލޭކައްކުވަމުން ގެންދަނީ ހަބޭސް ބޮޑުބެރު ގްރޫޕުންނެވެ.
ރާއްޖޭގައި ސަޕޯޓަރުން އެންމެ ގިނަ އަދި އެންމެ ފޯރިއާއެކު ހިންގާ ހަބޭސް ގްރޫޕުން ޕާފޯމްކުރަމުން ދަނީ މިސްރުގައި މިހާރު ކުރިއަށް ގެންދާ ސަމާ ފެސްވިޓަލްގަ އެވެ. މި ފެސްޓިވަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ވެސް ހަބޭސް އިން ޕާފޯމްކޮށްފައިވާއިރު ނިކަން ބޮޑު ތަރުހީބެއް އެމީހުންނަށް ލިބުނު ކަމަށް ގްރޫޕުގެ އޮފިޝަލުން ބުނެފައިވެ އެވެ.
މި ފެސްޓިވަލްގެ ތެރެއިން މިސްރުގެ ވެރިރަށް ގާހިރާގައި ކުރިއަށް އޮތް ފަސް ދުވަހު ހަބޭސް އިން އިތުރު ޝޯތަކެއް ދޭނެ ކަމަށް ވެސް ބުނެފައިވެ އެވެ. ސަމާ ފެސްޓިވަލް ނިމުމަކަށް އަންނާނީ އަންނަ ހަފުތާގެ އަންގާރަ ދުވަހު އެވެ.
މި ފެސްޓިވަލްގައި އެފްރިކާ އާއި އޭޝިއާގެ އެކި ގައުމުތަކުން ބައިވެރިވެ އެވެ.