ހަބަރު

ޔޫއޭއީގެ އާއިލާއަކުން ހުޅުމާލޭގައި ކުޑަކުދިންގެ ހިޔާއެއް އަޅަނީ

Dec 9, 2014

ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) ގެ އާއިލާއަކުން ހުޅުމާލޭގައި އަޅާ ކުޑަކުދިންގެ ހިޔާގެ ބިންގާ މިއަދު އަޅައިފި އެވެ.

ހުޅުމާލޭގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އިމާރާތުގެ ބިންގާ އަޅުއްވައި ދެއްވުމަށްފަހު، ރައީސް ޔާމީން ވިދާޅުވި ގޮތުގައި ހުޅުމާލޭގައި އަޅާ ކުޑަކުދިންގެ ހިޔާ ވެގެން ދާނީ މިހާރު ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާއަށް ވުރެ ފުރިހަމަ ތަނަކަށެވެ. 

"މި އިމާރާތް އަށް މަސް ދުވަހުގެ ތެރޭގައި ނިމޭއިރު ތަނަވަސް މާހައުލެއް އޮންނާނެ. ޝައްކެއްވެސް ނެތް ގޮތުގައި މި ކުދިންގެ މަންމަ އާއި ބައްޕަ ނެތް ނަމަވެސް ގާތްތިމާގެ މީހުން ތިބޭނެ. ކުދިންގެ ހިތްވަރަށް އުފާވެރިކަން ލިބޭނެ. މި އިމާރާތުގައި އަންހެން ކުދިންނާއި ފިރިހެން ކުދިން ވަކިން އުޅެވޭނެ މާހައުލެއް އޮންނާނެ. ކުދިންގެ ހަށިގަނޑުގެ ތަރުބިއްޔަތަށް ވެސް ޖާގަ ލިބޭ ގޮތަށް ކަންކަން ކުރެވޭނެ މައިދާނެއް މިހެދެނީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވި ގޮތުގައި މިފަދަ ކޮންމެ ކަމެއްގައި އަމިއްލަ ފަރާތްތަކާއި ރައްޔިތުންގެ އެއްބާރުލުން ލިބެމުންދާ ކަމަށެވެ.