ޔޫތު ޗެމްޕިއަންޝިޕްގައި ޔުނައިޓަޑް ވިކްޓްރީ އަތުން 2-2 ގެ ނަތީޖާއިން އެއްވަރުވެ ޔޫތު ޗެމްޕިއަންޝިޕްގެ އެއްވަނައިގައި ތިން ޕޮއިންޓަށް ލީޑް ފުޅާ ކުރަން ލިބުނު ފުރުސަތު ޔުނައިޓަޑް ވިކްޓްރީން ނަގާލައިފިއެވެ.
މެޗަށް ނިކުތް އިރު ތާވަލުގެ ފުލުގައި އޮތް ޔޫވީ އީގަލްސްއާ އަރާ ހަމަ ކުރީ އީގަލްސްއިން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ފަހަތުން އަރައި ނަތީޖާ ހަމަ ކޮށްގެންނެވެ.
މެޗުން ލިބުނު އެއް ޕޮއިންޓާއެކު ޖުމުލަ ތިން ޕޮއިންޓް ހޯދައިގެން ޔޫވީ މިހާރު ވަނީ ތާވަލުގެ ހަތް ވަނަ އަށް ޖެހިލާފައެވެ.
ޓީސީ އެއް ވަނައިގައި އޮތީ 11 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތީ ޓީސީއަށް ވުރެ ދެ ޕޮއިންޓް މަދުން ލިބިގެން ނުވަ ޕޮއިންޓާއެކު އޮތް މާޒިޔާއެވެ.
ޓީސީގެ ފުރަތަމަ ލަނޑު މެޗްގެ ނުވަ ވަނަ މިނެޓްގައި ކާމިޔާބު ކުރީ ނުވަ ޕޮއިންޓެވެ. ދެ ވަނަ ލަނޑު 49 ވަނަ މިނެޓްގައި ކާމިޔާބު ކުރީ އަލީ ހާފިޒުއެވެ.
ޔޫވީގެ ދެ ލަނޑުވެސް ކާމިޔާބު ކުރީ ޔޫސުފް ޖުނައިދުއެވެ. ފުރަތަމަ 54 ވަނަ މިނެޓްގައި ކާމިޔާބު ކުރިއިރު ދެ ވަނަ ލަނޑު ކާމިޔާބު ކުރީ 76 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުންނެވެ.