ބޭރު ކުޅިވަރު

ޖެހިޖެހިގެން ތިން މެޗުން އެއްވަރުވެ ރެއާލް އަށް މާޔޫސްކަން

Sep 28, 2016
1

ޗެމްޕިއަންސް ލިގްގެ ގުރޫޕް ސްޓޭޖުގައި ރޭ ޖަރުމަންގެ ބްރޫޝިއާ ޑޯޓަމަންޑާ ދެކޮޅަށް ކުޅުނު މެޗުން 2-2 ގެ ނަތީޖާއަކުން އެއްވަރުވެ ރެއާލްއަށް މާޔޫސްކަން ކުރިމަތިވެއްޖެއެވެ.

ވިލަރެއާލް އަތުން އަމިއްލަ ދަނޑުގައި 1-1 ން އެއްވަރުވެ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އެންމެ ފަހު ވަގުތު ލަސްޕަލަމްސް އަތުން އެއްވަރުވީ އެންމެ ފަހު ވަގުތުގައެވެ.

ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ރަފޭލް ވެރޭންގެ ލަނުން 2-1 ރެއާލް ކުރީގައި ވަނިކޮށް ބްރޫޝިއާޑޯޓަމަންޑުވެސް އެއްވަރު ކުރީ މެޗްގެ އެންމެ ފަހު ވަގުތުގައެވެ.

ރޭގެ މެޗުން ތިން ޕޮއިންޓް ނުހޯދުނު ނަމަވެސް ޗެމްޕިއަންސް ލީގް ގުރޫޕް ސްޓޭޖުގައި ރެއާލް ބަލި ނުވެ 23 މެޗް ހަމަ ކުރީއެވެ.

ރޭގެ މެޗްގައި ރެއާލްގެ ކޯޗް ޒައިނުއްދީން ޒިދާން ވަނީ މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގް ފައިނަލްގައި ލިބުނު އަނިޔާއާ ގުޅިގެން ކުޅުމާ ދުރުގައި ހުރި އެއް ވަނަ ކީޕަރު ކޭލޯ ނާވަސްއަށް އަނިޔާގެ ފަހުން މެޗަކުން ފުރަތަމަ ފަހަރަށް ފުރުސަތު ދީފައެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ޒިދާން ބުނީ ޑިފެންސް ކޮށް އެޓޭކް ކޮށް މޮޅަށް ކުޅެ މެޗުން ބަލިވުމުން މާޔޫސްވެއްޖެ ކަމަށެވެ. "ލަސްޕަލަމްސްއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު އަހަރެން ބުނިން އަހަރެމެންނަށް މެޗަށް ސަމާލުކަން ދޭންވީވަރަށް ނުދެވެޔޭ. އެހެންނަމަވެސް މިއަދު މއީ އެހެން ކޭސްއެއް. ކުޅުންތެރިން މެޗްގައި މޮޅަށް ކުޅެފި. ކުޅުންތެރިން ވަރަށް ބުރަކޮށް މަސައްކަތް ކުރި. ނަތީޖާއަކީ ގޯސް ނަތީޖާއެއްވެސް ނޫން" ޒިދާން ބުންޏެވެ.