ރާއްޖެ ކުޅިވަރު

ޔޫތު ޗެމްޕިއަންޝިޕް: އީގަލްސް އަލުން ދެ ވަނަ އަށް،

ޔޫތު ޗެމްޕިއަންޝިޕްގައި މިއަދު ހަވީރު ވިކްޓްރީގެ މައްޗަށް 2-0 ން ކާމިޔާބު ހޯދައި ކުލަބު އީގަލްސް އަލުން ތާވަލުގެ ދެ ވަނަ އަށް ޖެހިލައިފިއެވެ.

މިދިޔަ އާދިއްތަ ދުވަހު ވެލެންސިއާ އަތުން ބަލިވުމުން ދެ ވަނަ މަގާމު ގެއްލުނު އީގަލްސް މިހާރު ދެ ވަނައިގައި އޮތީ މިއަދުގެ މެޗުން ހޯދި ތިން ޕޮއިންޓާއެކު ޖުމުލަ 10 ޕޮއިންޓް ހޯދައިގެންނެވެ. މިހާރު އެޓީމު އޮތީ އެއް ވަނައިގައި އޮތް ޓީސީ އާ އެއް ޕޮއިންޓް ފަހަތުގައެވެ. ޓީސީ އަށް ލިބިފައިވަނީ 11 ޕޮއިންޓެވެ.

ހެންވޭރު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗްގައި ޓީސީގެ ފުރަތަމަ ލަނޑު 42 ވަނަ މިނެޓްގައި ނާޖިހް އިބްރާހިމްއެވެ.

އީގަލްސްގެ ދެ ވަނަ ލަނޑަކީ އެޓީމަށް ލިބުނު ހިލޭ ޖެހުމެއް ފޮނުވާލުމުން، އެބޯޅަ ދިފާއު ކުރަން އުޅުމުގެ ތެރޭގައި ވިކްޓްރީގެ އަބްދުﷲ އަނަފް ބޮލުގައި ޖެހިފައި ބައިކޮޅަށް ވަން ލަނޑެކެވެ.

މާދަމާ ކުޅޭ މެޗްގައި ބައްދަލު ކުރާނީ މިހާރު ތާވަލުގެ ތިން ވަނައިގައި އޮތް މާޒިޔާ އާއި ހަ ވަނައިގައި އޮތް ވެލެންސިއާއެވެ. މެޗުން މާޒިޔާ މޮޅުވެއްޖެނަމަ އެޓީމަށް ތާވަލުގެ އެއް ވަނަ ލިބޭނެއެވެ. އެޓީމު ތިން ވަނައިގައި އޮތީ ނުވަ ޕޮއިންޓް ހޯދައިގެންނެވެ.