ރާއްޖެ ކުޅިވަރު

އީގަލްސް އަލުން ދެވަނަ އަށް

ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ މައްޗަށް 1-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި ލީގް ތާވަލުގެ ދެ ވަަނަ އަށް އީގަލްސް ޖެހިލައިފިއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗްގައި އީގަލްސްގެ ލަނޑު 63 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ބިދޭސީ ކުޅުންތެރިޔާ ރިސްޓޭއެވެ.

އީގަލްސް އަށް، ކުރިން ދެ ވަނަ މަގާމު ގެއްލުނީ އެންމެ ފަހުން ވިކްޓްރީއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ، ތިން ވަނައިގައި އޮތް ޓީސީ ކުޅުނު މެޗުން މޮޅުވުމުންނެވެ. މެޗުން ނިއު މޮޅުވި ނަމަ އެޓީމަށް ގަދަ ހަތަރެއްގެ ޖާގަ ލިބިގެންދާނެ އެވެ.