މަންދޫގެ މައްޗަށް ކާމިޔާބު ހޯދައި 4-1 ގެ ނަތީޖާއކުން ކާމިޔާބު ހޯދައި އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕްގައި އދ. އަތޮޅުގެ ޗެމްޕިއަންކަން މަހިބަދޫއިން ހޯދައިފިއެވެ.
މަހިބަދޫގެ ފުރަތަމަ ލަނޑު މަހިބަދޫއަށް ކާމިޔާބުކޮށްދިނީ އަލީ ޝާލިމްއެވެ. މަހިބަދޫގެ ދެ ވަނަ ލަނޑު 28 ވަނަ މިނެޓްގައި ކާމިޔާބު ކުރީ މުހައްމަދު ޝާރިހްއެވެ.
މަހިބަދޫގެ ތިން ވަނަ ލަނޑު 47 ވަނަ މިނެޓްގައި ކާމިޔާބު ކުރީ އަހްމަދު ރިފްއަތުއެވެ. މަހިބަދޫގެ ހަތަރު ވަނަ ލނޑު ކާމިޔާބު ކުރީ މުހޔައްމަދު ޖުނައިދުއެވެ.
މަންދޫއަށް ސުން ކަނޑުވާލަ ދިނީ ހަސަން އިރުޝާދުއެވެ. މެޗުން މޮޅުވުމުން މަހިބަދޫ ވަނީ ޒޯން ބުރަށް ކޮލިފައިވެފައެވެ.