ރާއްޖެ ކުޅިވަރު

އިންޓަ އޮފީސް ބެޑްމިންޓަން: އަންހެން ޑިވިޝަންގެ ފައިނަލަށް ހައުސިން އާއި ބީއެމްއެލް

Oct 1, 2016

ސަރުކާރު އަދި އަމިއްލަ އޮފީސް، ކުންފިނިތަކަށް ހުޅުވާލައިގެން ކުރިއަށްދާ ބެޑްމިންޓަން މުބާރާތުގެ އަންހެން ޑިވިޝަންގެ ފައިނަލަށް ހައުސިން މިނިސްޓްރީއާ ބީއެމްއެލް ދަތުރުކޮށްފިއެވެ.

ކުޅިވަރު އެކުވެނީގެ އިންޑޯ ބެޑްމިންޓަން ހޯލްގައި ކުޅުނު ސެމީ ފައިނަލް ފުރަތަމަ މެޗް ސްޓެލްކޯގެ މައްޗަށް ހައުސިން މިނިސްޓްރީ ކާމިޔާބު ކުރީ 4-1 ސެޓުންނެވެ.

ދެ ވަނަ ސެމީފައިނަލް މެޗް ވަރަށް ވާދަވެރިކޮށް ދިޔައިރު ދިރާގްގެ މައްޗަށް ބީއެމްލް ކުރި ހޯދީ 4-3 ސެޓުންނެވެ.

މުބާރާތުގެ ފިރިހެން ޑިވިޝަންގެ ސެމީފައިނަލްތައް އޮންނާނީ މިރޭ އެވެ. ފުރަތަމަ ސެމީ ފައިނަލް މެޗްގައި ބައްދަލު ކުރާނީ އެއާޕޯޓް ކޮމްޕެނީ އާއި ފުލުހުންނެވެ. ދެ ވަނަ ސެމީފައިނަލް މެޗްގައި ބައްދަލު ކުރާނީ ފެން ކުންފުންޏާއި އެމްއެންޑީއެފް އެވެ.