ރައީސް އަބްދުﷲ ޔާމީން

މަތީ ތައުލީމުގެ 300 ސްކޮލަޝިޕް ރާއްޖެއަށް ދޭން ސައުދީން ނިންމައިފި

Oct 4, 2016
3

ރާއްޖޭގެ ކިޔަވާ ކުދިންނަށް ސައުދީންދޭ މަތީ ތައުލީމު ހާސިލް ކުރުމުގެ ފުރުސަތުތައް އިތުރު ކުރުމާ ބެހޭގޮތުން ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާ މަޝްވަރާ ކުރައްވާ ފަންނީ ދާއިރާތަކުން ތައުލީމު ހާސިލް ކުރުމުގެ އިތުރު 300 ސްކޮލަޝިޕް ރާއްޖެއަށް ދިނުމަށް ސައުދީން ނިންމައިފި އެވެ.

ސައުދީގެ މި ނިންމުން ސައުދީގެ މިނިސްޓާ އޮފް އެޑިޔުކޭޝަން ޑރ. އަޙްމަދު އަލް-އިއްސާ މިއަދު އިއުލާން ކުރެއްވީ ރައީސް ޔާމީން ސައުދީ އަށް ވަޑައިގެންނެވުމުން މިއަދު އެ މަނިކުފާނާ ބައްދަލު ކުރެއްވުމަށްފަހު އެވެ. މި ބައްދަލުކުރެއްވުން އޮތީ ރިޔާޒްގެ ކިންގް ސައުދު ގެސްޓް ޕެލެސްގައެވެ.

މިނިސްޓަރު ވިދާޅުވީ މިކަންކަން އަވަސް މުސްތަޤްބަލެއްގައި ހަމަޖެއްސުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީއާއެކު ސައުދީގެ ތައުލީމީ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރުމާ ބެހޭގޮތުންވެސް މިއަދުގެ ބައްދަލުކުރެއްވުމުގައި ޚިޔާލު ބަދަލު ކުރެއްވިއެވެ.