ރައީސް އަބްދުﷲ ޔާމީން

މަސްވެރިކަމާއި ކުދި ވިޔަފާރި ތަރައްގީކޮށްދޭން ސައުދީން ފަންޑުން ރައީސާ މަޝްވަރާކޮށްފި

Oct 4, 2016

ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ އާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރި އިތުރަށް ތަރައްގީކޮށް ކުރިއެރުވުމަށް ސައުދީ ފަންޑުގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކާމެ ރައީސް އަބްދުﷲ ޔާމީނާއި ސައުދީ ފަންޑުގެ ޗެއާމަން މިއަދު ސައުދީގައި މަޝްވަރާ ކުރައްވައިފި އެވެ.

ސައުދީ ފަންޑުގެ ޗެއާމަން އަދި މެނޭޖިން ޑިރެކްޓަ ޑރ. ޔޫސުފް އަލް ބައްސާމް، ރައީސް ޔާމީންގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރެއްވީ ރައީސް ޔާމީން ސައުދީއަށް ވަޑައިގެންނެވުމުން މިއަދު ހެނދުނު ކިންގް ސަޢުދު ގެސްޓު ޕެލަސްގައެވެ.

މި ބައްދަލުކުރެއްވުމުގައި، މި ދެ ބޭފުޅުންވަނީ ރާއްޖޭގައި ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫއުތަކަށް ސައުދީ އަރަބިއްޔާގެ ފަރާތުން އިތުރަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ދާއިރާތަކާބެހޭގޮތުން މަޝްވަރާކުރައްވާފަ އެވެ.

އަދި، މަސްވެރިކަމުގެ ދާއިރާ އިތުރަށް ތަރައްޤީކުރުމަށާ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރިއެރުވުމަށް ސަޢޫދީ ފަންޑުގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކާމެދުވެސް މި ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.