ރާއްޖެ ކުޅިވަރު

ޔޫތު ޗެމްޕިއަންޝިޕް: ޓީސީ އަލުން އެއްވަނަ އަށް

Oct 5, 2016

ޔޫތު ޗެމްޕިއަންޝިޕްގައި މާޒިޔާގެ މައްޗަށް 2-0 ގެ ނަތީޖާއަކުން ކުރި ހޯދައި ޓީސީ ސްޕޯޓްސް ކުލަބު އަލުން ތާވަލުގެ އެއް ވަނަ އަށް ޖެހިލައިފިއެވެ.

މެޗަށް ނިކުތް އިރު 11 ޕޮއިންޓާއެކު ތާވަލުގެ ދެ ވަނައިގައި އޮތް ޓީސީ އެއް ވަނަ އަށް ޖެހިލީ މާޒިޔާއާ އަތުން މޮޅުވެ ހޯދި ތިން ޕޮއިންޓާއެކު 14 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި މިހާރު އޮތީ އީގަލްސްއެވެ. އެ ޓީމަށް ލިބިފައިވަނީ 13 ޕޮއިންޓެވެ. މާޒިޔާ ތިން ވަނައިގައި އޮތީ ނުވަ ޕޮއިންޓާއެކުއެވެ.

ހެންވޭރު ދަނޑުގައި ކުޅުނު މެޗްގައި ޓީސީގެ ދެ ލަނޑުވެސް ކާމިޔާބު ކުރީ އަލީ ހާފިޒުއެވެ. ފުރަތަމަ ލަނޑު 81 ވަނަ މިނެޓްގައި ކާމިޔާބު ކުރި އިރު ދެވަނަ ލަނޑު ކާމިޔާބު ކުރީ 89 ވަނަ މިނެޓްގައެވެ.

މުބާރާޓުގައި މިއަދު ހަވީރު ކުޅޭ މެޗްގައި ބައްދަލު ކުރާނީ ނިއުރޭޑިއަންޓާ ކުލަބު ވެލެންސިއާއެވެ.