ހަބަރު

ޓެރަރިޒަމަށް ފައިނޭންސްކުރުމާއި ދެކޮޅަށް ކުރެވޭނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށްފި

Oct 5, 2016
2

ޓެރަރިޒަމް އަށް ފައިނޭންސް ކުރުމާއި ދެކޮޅަށް ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރާއިި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާއި ބެހޭގޮތުން މަޝްވަރާކޮސްފި އެވެ.

މި މަޝްވަރާކޮށްފައިވަނީ، މިއަދު މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގައި، ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރާއި އެމްއެމްއޭގެ ގަވަރުނަރު އަޒީމާ އާދަމް ބޭއްވި ބައްލަދުވުމުގަ އެވެ.

ޓެރަރިޒަމަށް ފައިނޭންސްކުރުމާއި ދެކޮޅަށް ކުރެވޭނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުމުގެ އިތުރުން މަނީ ލޯންޑްރިންނާއި ޓެރަރިޒަމް އަށް ފައިނޭންސް ކުރުން ފަދަ ކަންކަން ދެނެގަނެ އެކަންކަން ހުއްޓުވުމާއި ބެހޭގޮތުން އާންމުންނަށް މައުލޫމާތު ދިނުމާއި ބެހޭގޮތުން ވެސް ވަނީ މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުވުމުގައި ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުގެ އިސްބޭފުޅުން ބައިވެރިވެފައިވެއެވެ.