ހަބަރު

ދެ ގައުމަކަށް ސަފީރުން ހަމަޖައްސަން މަޖިލީހުގައި އެޖެންޑާކޮށްފި

ޖަރުމަނާއި ބަންގްލަދޭޝްގައި ހުންނަވާ ރާއްޖޭގެ ސަފީރު ކަމަށް ބޭފުޅުން ހަމަޖެއްސެވުމަށް ރައްޔިތުން މަޖިލީހުގައި އެޖެންޑާކޮށްފިއެވެ.

މަޖިލީހުގެ މިއަހަރުގެ ފަހު ދައުރުގެ ޖަލްސާތައް މާދަމާއަށް ފަށާއިރު ޖަރުމަނުގެ ސަފީރު ކަމަށް ވަނީ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ނައިބު ރައީސް ޖަމީލާ އަލީ ހާލިދުގެ ނަން ފޮނުވާފަ އެވެ. އަދި ބަންގްލަދޭޝް ސަފީރު ކަމަށް ފޮނުވާފައި ވަނީ އައިޝަތު ޝާން ޝާކިރުގެ ނަމެވެ.

މީގެ އިތުރުން ޖަރުމަނުގައި ދިވެހި އެމްބަސީއެއް ގާއިމްކޮށް އެތަން ފޮރިން މިނިސްޓްރީގެ ދަށުން ހިނގާތަނެއް ކަމުގައި ހަމަޖެއްސަވާ، އެ މިނިސްޓްރީގެ މަސައްކަތައް ގެންނަ ބަދަލުތަކާ ގުޅޭގޮތުން ފޮނުވާފައިވާ މައްސަލަ ދިރާސާ ކުރުންވެސް ވަނީ މާދަމާއަށް އެޖެންޑާކޮށްފަ އެވެ.