ވިޔަފާރި

އިންވެސްޓްމަންޓް ފޯރަމްގެ ޕްރިމިއަމް ޕާޓްނަރަކަށް އުރީދޫ

Oct 6, 2016

އަންނަ މަހު އިންޑިޔާގައި ބާއްވާ މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމް 2016 (އެމްއައިއެފް) ގެ ޕްރިމިއަމް ޕާޓްނަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސައިފި އެވެ.

އުރީދޫން ނެގި ޕްރިމިއަމް ޕެކޭޖުގެ އަގަކީ 35،000 ޑޮލަރު (ގާތްގަނޑަކަށް 539700ރ.) އެވެ.

ސޮއިކުރުމަށްފަހު "އަވަސް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އުރީދޫގެ ހެޑް އޮފް ސޭލްސް ނިޔާޒު ވިދާޅުވީ މި ފޯރަމްގެ ޕްރިމިއަމް ޕާޓްނަރެއްގެ ގޮތުގައި ބައިވެރިވުމުގެ މަގުސަދަކީ އިންވެސްޓަރުންނަށް ރާއްޖޭގެ ޓެލެކޮމް ދާއިރާއާ މެދު އިތުބާރު އުފެއްދުން ކަމަށެވެ.

"ސަރުކާރުން މަސައްކަތް ކުރަމުންދަނީ މިފަދަ ދަނޑިވަޅެއްގައި އިންވެސްޓަރުންނަށް އެނގެން ޖެހޭ ރާއްޖޭގައި އެބަތިބި ކަން ރަނގަޅު ފެންވަރުގެ އިންޓަނެޓުގެ ހިދުމަތް ދޭނެ ކުންފުނިތައް. ރާއްޖޭގެ އެކި ސަރަހައްދު ތަކަށް އިންވެސްޓަރުން ރިސޯޓެއް ހަދަން ނޫނީ އެހެންކަމަކު އައިނަމަވެސް ބޭނުންވާނެ އިންޓަނެޓު ކަނެކްޓިވިޓީ އެހެންވެ ބައިވެރިވަނީ މީގެ ޔަގީންކަން ދޭން،" ނިޔާޒު ވިދާޅުވި އެވެ.

އުރީދޫން ނެގި ޕްރިމިއަމް ޕެކޭޖުގެ އަގަކީ 35،000 ޑޮލަރު (ގާތްގަނޑަކަށް 539700ރ.) އެވެ.

ސްޓޭޓް މިނިސްޓަރު އަނީސް ވިދާޅުވީ އުރީދޫއަކީ އަބަދު ވެސް، ވަރަށް ގާތުން މަސައްކަތް ކުރާ ކުންފުންޏެއް ކަމަށެވެ. އަދި ތަރައްގީގެ އެކި ކަންކަމުގައި އުރީދޫގެ އެހީތެރިކަން ބޮޑުކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"އުރީދޫން އަބަދު ވެސް ވޭތުވެދިޔަ ތާނގައި ވެސް އެއްބާރުލުމެއް ދެއްވަމުންދޭ،" އަނީސް ވިދާޅުވި އެވެ.

އިންވެސްޓްމަންޓް ފޯރަމް ބާއްވަނީ އިންޑިޔާގެ ނިއު ދިއްލީގައި އަންނަ މަހުގެ 21-22 އަށެވެ.