ރާއްޖެ ކުޅިވަރު

ފައިނަލް ބުރަށް މަހިބަދޫ، އާއި ދެއްވަދޫ

އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕްގައި ޒޯން ހަތަރެއްގެ ޗެމްޕިއަންކަން އދ. މަހިބަދޫ ހޯދިއިރު، ޒޯން ހަތެއްގެ ޗެމްޕިއަންކަން ގއ. ދެއްވަދޫ ހޯދައި މި ދެ ޓީމު މުބާރާތުގެ ފައިނަލް ބުރަށް ހޮވިއްޖެ އެވެ.

ޒޯން ހަތރެއްގެ ޗެމްޕިއަންކަން މަހިބަދޫ ހޯދީ ކ. އަތޮޅު ޗެމްޕިއަން ގުރައިދޫ ގެ މައްޗަށް 1-0 ގެ އެގްރިގޭޓް ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.

އެގްރިގޭޓް ނަތީޖާއިން މަހިބަދޫ ޗެމްޕިއަންކަން ކަށަވަރު ކުރީ މިއަދު މަހިބަދޫގައި މި ދެޓީމު ކުޅުނު ދެ ވަނަ ލެގް މެޗް ލަނޑެއް ނުޖެހި އެއްވަރުވެގެން ނިމުނުއިރު، ފުރަތަމަ ލެގް މެޗް 1-0 މަހިބަދޫ ކާމިޔާބު ކޮށްފައިވުމުންނެވެ.

ގއ އާއި ގދ ހިމެނޭ ޒޯން ހަތެއްގެ ޗެމްޕިއަންކަން ގއ. ދެއްވަދޫ ހޯދީ ގދ.ގެ ޗެމްޕިއަން މަޑަވެލީގެ މައްޗަށް އަވޭ ގޯލުން ކުރި ހޯދައިގެންނެވެ.

މިދެޓީމު ފުރަތަމަ ލެގް މެޗް ދެއްވަދޫގައި ކުޅެ އެޓީމު ކާމިޔާބު ކުރީ 1-0 ގެ ނަތީޖާއިންނެވެ. މިއަދު މަޑަވެލީގައި ކުޅުނު މިއަދު ކުޅުނު ދެ ވަނަ ލެގް މެޗް 2-1 މަޑަވެލި ކާމިޔާބު ކުރި ނަމަވެސް ދެއްވަދޫ އަށް ކުރި ލިބޭނީ މިއަދު އެޓީމު މަޑވެލީގައި ގޯލް ޖަހާފައިވުމުންނެވެ.

މިއަދު ކުޅުނު މެޗްގައި މަޑަވެލީގެ ފުރަތަމަ ލަނޑު މެޗް ފެށިގެން ހަތަރު ވަނަ މިނެޓް ތެރޭގައި ކާމިޔާބު ކުރީ ފައުޒާން ޒާހިރެވެ. ދެއްވަދޫގެ ލަނޑު ކާމިޔާބު ކުރީ މުހައްމަދު ޝާހިދެވެ. މަޑަވެލި މެޗުން މޮޅުވި ލަނޑު ކާމިޔާބު ކޮށްދިނީ ޒަމްއޮތު މުހައްމަދެވެ.