ރާއްޖެ ކުޅިވަރު

ގައުމީ އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ އެއްވަނަ ޝަމްއޫން އާއި މަރީ އަށް

ސައްބިސް ވަނަ ގައުމީ އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ އެންމެ މޮޅު އަންހެން އެތުލީޓްގެ މަގާމު މޭޑް ރަނާސްގެ މަރިޔަމް އަބްދުލް ކަރީމް ހޯދިއިރު، އެންމެ މޮޅު ފިރިހެން އެތުލީޓަކަށް ދިވެހި ސިފައިންގެ ކުލަބު މުހައްމަދު ޝަންމޫން ހޮވިއްޖެއެވެ.

އަންހެން އެއް ވަނަ އެތުލީޓްގެ މަގާމު ހޯދި މަރީ ވަނީ 800 މީޓަރާއި 5000 މީޓަރާއި 500 މިޓަރުން ރަން މެޑަލް ހޯދާފައެވެ.

ޝަންމޫން އެއް ވަނަ ހޯދީ ތުރޯ ބޯލްގެ ތިން ކެޓަގަރީން އެއް ވަނަ ހޯދައިގެންނެވެ.

ޝަންމޫން ބުނީ އޭނާ ގައުމީ ޗެމންޕިއަންޝިޕާއި ކުރިމަތިލީ ކުރިން އޭނާގެ އަތުގައި އޮތް ގައުމީ ރެކޯޑް އާ ކުރުމުގެ އުންމީދުގައި ކަމަށާއި ނަމަވެސް ޗެމްޕިއަންޝިޕް ގާތް ވެފައި އޮތްވައި ކޮންމެވެސް ވަރަކަށް ބަލިވުމުން ފޯކަސް ކުރަން އުނދަގޫވި ކަމަށެވެ.

މަރީ ބުނީ ރާއްޖޭގެ އެންމެ މޮޅު އެތުލީޓުން ތިއްބައި އޭނާ އަށް އެއް ވަނަ ލިބުމަކީ ލިބުނު ވަރަށް ބޮޑު ކާމިޔާބެއް ކަމަށެވެ.

މަރީ އާއި ޝަންމޫން އެއް ވަނަ އެތުލީޓްގެ މަގާމު ހޯދިއިރު އެއް ވަނަ އަންހެން ޓީމަށް ހޮވިފައިވަނީ ކަސްޓަމް ރެކްރިއޭޝަން ކުލަބެވެ. ފިރިހެން ކެޓަގަރީން އެއް ވަނަ ހޯދީ ވޭތުވެދިޔަ 10 އަހަރުގެ ޗެމްޕިއަން ޑީއެސްސީއެވެ.