ހަބަރު

ލަންކާގެ ހޮސްޕިޓަލްތަކަށް އޮންލައިން ބުކިން ހެދޭ އެޕެއް ތައާރްފްކޮށްފި

ރާއްޖޭގެ މޮބައިލް ކޮމާސް ޑިވޮލޮޕަރެއް ކަމަށްވާ "އެވްރިތިންގްސް ރެޑް" އިން ލަންކާގެ އިނޯވާ އައިޓީ ސިސްޓަމް އެންޑް ޑިޖިޓަލް ހެލްތު ކުންފުންޏާ ގުޅިގެން ރާއްޖެއާ ލަންކާގެ ހޮސްޕިޓަލްތަކުގެ ޑޮކްޓަރުންނާ އެނޫންވެސް ހިދުމަތްތަކަށް ބުކިން ހެއްދޭނެ މޮބައިލް އެޕްލިކޭޝަނެއް ތައާރަފްކޮށްފި އެވެ.

"ޑޮކް ޑޮޓް އެމްވީ" ނަމުގައި މިއަދު ތައާރަފްކުރި އެ އެޕް، ރާއްޖޭގެ ހަތަރުލައްކަ މީހުންގެ އާބާދީގެ އިތުރުން ރާއްޖެއަށް އަންނަން 1.5 މިލިަން ޓޫރިސްޓުންނަށް ވެސް ބޭނުން ކުރެވޭނެ ކަމަށް އެވްރތިންސް ރެޑް އިން މިއަދު ބުންޏެވެ. އަދި އެ އެޕް މެދުވެރިކޮށް، ލަންކާގެ އެންމެ ބޮޑު 11 ހޮސްޕިޓަލުން އޮންލައިންކޮށް ބުކިން ހެއްދުމުގެ ހިދުމަތް މިއަދުން ފެށިގެން ހުޅުވިގެންދާނެ ކަމަށެވެ.

ލަންކާގެ އެންމެ ބޮޑު އެގާރަ ހޮސްޕިޓަލްތަކުގެ ތެރޭގައި އަސިރީ، ނަވަލޯކާ، ދުރްދުންސް، ނައިންވެލްސްގެ އިތުރުން ޔޫނިއަން ހޮސްޕިޓަލްސް ހިމެނެ އެވެ.

ލަންކާ އާ ގުޅިގެން އެފަދަ ޕާޓްނާޝިޕް ޕްރޮޖެކްޓެއް ހިންގަން ނިންމީ ރާއްޖޭގެ ސިއްހީ ދާއިރާގެ ތެރެއަށް އިންޓެގްރޭޓްވެގެން އަންނަ އީ ކޮމާސް އިންފްރާސްޓްރަކްޗާއެއް ގާއިމްކުރުމަށް ކަމަށް އެވްރިތިންގްސް ރެޑް އިން ބުންޏެވެ.