ބިދޭސީން

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް ކާންދޭނެ ބަޔަކު ހޯދަނީ

ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅުމުގެ ސަބަބުން މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބިދޭސީންގެ ކެއުން ހަމަޖައްސައިދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފި އެވެ.

އިމިގްރޭޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ، ގަވައިދާ ހިލާފަށް އުޅުމުގެ ސަބަބުން އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ބިދޭސީންގެ ކެއުން ހަމަޖައްސައިދިނުމަށް ޝައުވެރިވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމަށް ފުރުސަތު ހުޅުވާލާ ކަމަށެވެ. އަންދާސީ ހިސާބު ހުށަހަޅަން ހުޅުވާލާނީ އަންނަ ހޯމަ ދުވަހު އެވެ.

އިމިގްރޭޝަނުން ގެންދަނީ ރާއްޖޭގައި ގަވައިދާ ހިލާފަށް މަސައްކަތްކުރާ ބިދޭސީން އަތުލައިގަނެ، އެމީހުން އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތްކުރަމުންނެވެ.

ބިދޭސީން އަނބުރާ ގައުމަށް ފޮނުވެންދެން އެމީހުން ބައިތިއްބަނީ އިމިގްރާޝަނުގެ ބެލުމުގެ ދަށުގަ އެވެ.