ވިޔަފާރި

އެޓިކެންގެ އުފެއްދުންތައް ފީލް ސްރީލަންކާ އެގްޒިބިޝަނަށް

Oct 12, 2016
  • އެގްޒިބިޝަން އޮތީ މިމަހުގެ 27-29 އަށް
  • ސްރީލަންކާގެ 40 ކުންފުންޏަކުން ބައިވެރިވޭ
  • އޮންލައިން މީޑިޔާ ޕާޓްނަރަކީ އަވަސް އޮންލައިން

މި މަހު ރާއްޖޭގައި ބާއްވާ "ފީލް ސްރީލަންކާ، ސިންގަލް ކަންޓްރީ އެގްޒަބިޝަން" ގައި އެޓިކެން ކުންފުނިން އިލެކްޓްރޯނިކްސް ގިނަ އުފެއްދުންތަކެއް ދައްކާލާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ފީލް ސްރީލަންކާ، ސިންގަލް ކަންޓްރީ އެގްޒަބިޝަން ބާއްވަނީ އިކޮނޮމިކް މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީ އަދި ހައުސިން މިނިސްޓްރީގެ އިތުރުން ސްރީލަންކާ އެމްބަސީ އާއި ސްރީލަންކާ-ރާއްޖެ ބައިލެޓަރަލް ބިޒްނަސް ކައުންސިލް ގުޅިގެންނެވެ. މި އެގްޒިބިޝަންގައި ސްރީލަންކާގެ 40 ކުންފުންޏަކުން ބައިވެރިވެ އެވެ.

ރާއްޖޭގެ ޓޫރިޒަމްގައި އިންވެސްޓްކޮށްފައިވާ ލަންކާގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ އެޓިކެން ސްޕެންސްގެ ކޮންވެންޝަން އެންޑް އެގްޒިބިޝަން އާއި ރާއްޖޭގެ އޭސް އޭވިއޭޝަން އިން ބާއްވާ މި މަރުކަޒަށް ޒިޔާރަތް ކުރާ ފަރާތްތަކަށް އެޓިކެން ސްޕެންސްގެ އެންމެ ފަހުގެ އުފެއްދުންތައް ފެންނާނެ އެވެ. މިގޮތުން ދައްކާލާ ޕްރޮޑަކްޓްތަކުގެ ތެރޭގައި ބޭންކިން ސެކްޓާގައި ފައިސާ ގެންގުޅޭއިރު، ބޭނުންކުރާ ބައެއް އުފެއްދުންތަކާއި އެއާ ކޮންޑިޝަން ފަދަ މުހިންމު ބާވަތްތައް ހިމެނެ އެވެ.

އެޓިކެން ކުންފުނިން ބުނީ މި އުފެއްދުންތަކުގެ ތެރޭގައި ހިޓާޗީ ބްރޭންޑުގެ ފައިސާ ޖަމާކުރާ މެޝިނާއި ފައިސާ ގުނާ މެޝިން އަދި ޗީގޯ އެއާކޮންޑިޝަން އަދި ކެސިއޯ ކަލްކިއުލޭޓާ ފަދަ އުފެއްދުންތައް ހިމެނެ އެވެ. މި ކުންފުނީގެ އުފެއްދުންތަކަކީ ރާއްޖޭގެ މާކެޓުގައި އިތުބާރު ހޯދާފައިވާ ބާވަތްތައް ކަމަށް އެޓިކެން ކުންފުނިން ބުނެ އެވެ.

"ބައެއް ޕްރޮޑަކްޓްތައް ރާއްޖޭގެ ބޭންކްތަކުގައިވެސް ބޭނުންކުރޭ. އެޗްއެސްބީއީ އާއި ބޭންކް އޮފް ސިލޯންގެ އިތުރުން ބައެއް ރިސޯޓުތަކުގައިވެސް ބޭނުންކުރޭ،" އެޓިކެން ކުންފުނިން ބުނެފައިވެ އެވެ.

ފީލް ސްރީލަންކާ، ސިންގަލް ކަންޓްރީ އެގްޒަބިޝަން ބާއްވަނީ އިކޮނޮމިކް މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީ އަދި ހައުސިން މިނިސްޓްރީގެ އިތުރުން ސްރީލަންކާ އެމްބަސީ އާއި ސްރީލަންކާ-ރާއްޖެ ބައިލެޓަރަލް ބިޒްނަސް ކައުންސިލް ގުޅިގެންނެވެ. މި އެގްޒިބިޝަންގައި ސްރީލަންކާގެ 40 ކުންފުންޏަކުން ބައިވެރިވެ އެވެ.

ފީލް ސްރީލަންކާ، ސިންގަލް ކަންޓްރީ އެގްޒަބިޝަންގެ އޮންލައިން މީޑިޔާ ޕާޓްނަރަކީ "އަވަސް" އޮންލައިން އެވެ.