ވިޔަފާރި

އެންމެ ފަހުން ސެމްސަންގުން ނޯޓް 7 ގައި ސިއްކަ ޖަހައިފި

Oct 11, 2016

ސެމްސަންގް ކުންފުނިން އެންމެ ފަހުން ނެރުނު ގެލްކްސީ ނޯޓް 7 ށް ކުރިމަތިވި މައްސަލަ ހައްލު ނުކުރެވުމުން ނޯޓް 7 އަށް ސަމްސަގުން ނިމުން ގެނެސްފިއެވެ.

ސަމްސަންގްގެ ގެލްކްސީ ނޯޓްގެ ސީރީސްއަށް ޑަބްލް ޕްރަމޯޝަން ދިނުމަށްފަހު އޯގަސްޓް މަހު ނޯޓް 7 ތާރަފު ކުރުމުން، އެތައް މިލއަން ބަޔަކު ފޯނު ގަތެވެ. ނަމަވެސް ފޯނު ގަތް މީހުންނަށް ލިބުނީ މާބޮޑު ލަނޑެކެވެ. ފޯނުތައް ގޮވަން ފެށީއެވެ. ދުނިޔޭގެ އެތައް އެއާލައިންތަކަށް ނޯޓް ސެވަން އެރުވުން މަނާ ކުރިއެވެ.

ސަމްސަންގުން ވަނީ ނޯޓް ފޮންތައް އަނބުރާ ފެކްޓްރީތަކަށް ގެނައުމަށް ހޯލްސޭލަރުންނާއި ރީޓެއިލް ކުރާ ފަރާތްކަށް އަންގާފައެވެ. އެގޮތުން 2.5 މިލިއަން ފޯނު ސެމްސަންގްއާ ހަވާލު ކުރިއެވެ. މައްސަލަ ހައްލު ކުރުމަށެވެ.

ސަމްސަންގްގެ އިންޖީނިއަރުން މައްސަލަ ހައްލު ކުރުމަށްފަހު ނެރުނު ފޯނުތައް ވަކި ސަހަލައެއް ނުވިއެވެ. އެ ފޯންތައްވެސް ގޮވަން ފެށީއެވެ. ސަމްސަންގު ނޯޓް 7 ގަންނަން ފާހާ ދުވި މީހުން މިއަދު ދުވަނީ ނޯޓް 7 ކާ ދުރަށެވެ. ގޮވާފާނެ ކަމުގެ ބިރުވެރިކަން އޮތީމައެވެ.

އެންމެ ފަހުން ދެކުނު ކޮރެއާއަށް ނިސްބަތްވާ މަޝްހޫރު ކުންފުނިން މިވަނީ ނޯޓް ސެވަން އުފެއްދުމާއި ވިއކްުންވެސް ހުއްޓާލައި ހުއްޓާލައި އެ ވާޝަނަށް ނިންމުން ގެނެސް ސިއްކަ ޖަހާފައެވެ.