ކުޅިވަރު

އެއްވަރުވެ ރާއްޖެ އޭޝިއަން ކަޕް ކޮލިފައިން އަށް

ލޯއޯސް އާ ދެކޮޅަށް މިއަދު ކުޅުނު ދެވަނަ ލެގްގެ މެޗް 1-1 ގެ ނަތިޖާއިން ރާއްޖެ އެއްވަރުވެ 5-1 ގެ އެގްރިގޭޓް ނަތިޖާއިން ރާއްޖެ އޭޝިއަން ކަޕް ކޮލިފައިން ޖާގަ ކަށަވަރު ވެއްޖެއެވެ.

މިއަދުގެ މެޗުން ރާއްޖެ އެއްވަރުވި އިރު މިދިޔަ މަހު ހަވަނަ ދުވަހު މާލޭ ގައި ކުޅުނު ފުރަތަމަ ލެގް މެޗް ރާއްޖެ ކާމިޔާބު ކުރީ 4-0 އިންނެވެ. މެޗް އެއްވަރުވި އިރު އެއްވަރުވި އިރު މެޗްގެ ދެ ވަނަ ހާފުގައި ލާއޯސް އަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތައް ތަނަވަސް ކޮށްފަ އެވެ.

މެޗްގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ ލާއޯސްއިންނެވެ. އެއަށްފަހު ރާއްޖެއިން މެޗް އެއްވަރު ކުރީ މެޗްގެ އެންމެ ފަހު މިނެޓްގައި ކާމިޔާބު ކުރީ މެދުކެނޑުމަކަށްފަހު ގައުމީ ސްކޮޑްގައި ހިމެނުނު އަހްމަދު ނާޝިދު (ނާއްޓޭ) އެވެ.

ޔޫއޭއީގައި ބާއްވާ އޭޝިއަން ކަޕްގެ ކޮލިފައިން ބުރުގައި ރާއްޖެ ނުކުންނަން ޖެހޭ ޓީމުތަކުގެ ގުރު އަދި ނުނަގަ އެވެ.