ވިޔަފާރި

އުރީދޫ މޯލްޑިވްސްގެ ހިއްސާ އާއްމުންނަށް ވިއްކަން ފަށަނީ

Oct 12, 2016
  • ހިއްސާ ވިއްކަން ފެށުމަށް ގިނަ މަރުހަލާ ތަކެއް އޮވޭ
  • ހިއްސާ ވިއްކުމުގެ މައުލޫމާތު މާދަމާރޭ ދޭނެ
  • އުރީދޫ ގްރޫޕުން ދަނީ ރާއްޖޭގައި އިންވެސްޓް ކުރަމުން

އުރީދޫ މޯލްޑިވްސްގެ ހިއްސާ އާއްމުންނަށް ވިއްކުމަށް އެ ކުންފުނިން ނިންމައިފި އެވެ.

މަލްޓި ނޭޝަނަލް ކުންފުނިންޏެެއްގެ ގޮތުގައި ދުނިޔޭގެ ގިނަ ގައުމުތަކުގައި ޓެލެކޮމް ހިދުމަތްދޭ އުރީދޫ ގްރޫޕުގެ ދަށުން ހިންގާ އުރީދޫ މޯލްޑިވްސްގެ ހިއްސާ ވިއްކަން ފެށުމުގެ ގޮތުން ރާއްޖޭގެ ހިއްސާގެ ބާޒާރުގައި ލިސްޓު ކުރުމަށް ބާއްވާ ރަސްމިއްޔާތު އޮންނާނީ މާދަމާ ރޭ އެވެ.

އުރީދޫން އާއްމުންނަށް ހިއްސާ ވިއްކަން ތައްޔާރުވަމުންދާއިރު، ހިއްސާ ވިއްކުމުގެ ކުރިން އިތުރު ޕްރޮސެސް ތަކެއް ފުރިހަމަ ކުރަން ޖެހޭނެ އެވެ. މިކަމަށް ގާތްގަނޑަކަށް ހަ މަސް ވަރު ލިބޭނެ އެވެ. މިކަމުގެ މައުލޫމާތު މާދަމާ ރޭ އާއްމު ކުރާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އުރީދޫއަކީ 2005 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި މޮބައިލްގެ ހިދުމަތް ދެމުން ގެންދާ ކުންފުންޏެވެ. އަދި އުރީދޫގެ މައި ކުންފުންޏަކީ ގަތަރާއި ކުވެއިރު، އަދި އޮމާންގެ އިތުރުން ބައެއް އަރަބި ގައުމުތަކުގައިވެސް ފޯނުގެ ހިދުމަތް ދޭ ކުންފުންޏެކެވެ. އުރީދޫ ގްރޫޕަށް 2014 ވަނަ އަހަރު އާމްދަނީގެ ގޮތުގައި 9.1 ބިލިއަން ޑޮލަރު ލިބިފައިވެ އެވެ. އުރީދޫ ގްރޫޕުން ދަނީ ރާއްޖޭގައި ދޭ ހިދުމަތް ވަރުގަދަ ކުރުމަށް ބޮޑެތި އިންވެސްޓްމަންޓް ތަކެއް ކުރަމުންނެވެ.