ވިޔަފާރި

ވިލުފުށީގައި އުރީދޫ ސުޕަނެޓްގެ ހިދުމަތް ދޭން ފަށައިފި

ތ. ވިލުފުށީގައި އުރީދޫ އިން ސުޕަނެޓްގެ ހިދުމަތް ތައާރަފް ކޮށް، ހިދުމަތް ދޭން ފަށައިފި އެވެ.

އުރީދޫއިން ބުނީ ވިލުފުށީގައި ސުޕަނެޓްގެ ހިދުމަތާ އެކު 30 އެމްބީޕީއެސްއާ ހަމައަށް ހަލުވި އިންޓަނެޓް ސްޕީޑު ފޯރުކޮށްދޭ ހާއްސަ ފައިބާ ބްރޯޑް ބޭންޑް ޕެކޭޖުތަކެއް ވެސް އެ ރަށުގައި ތައާރަފްކޮށްފައިވާ ކަމަށެވެ. އަދި އެ ހިދުމަތް ބޭނުން ކުރާ ފަރާތްތަކުގެ ތަފާތު ބޭނުންތަކަށް ފަރުމާކޮށްފައިވާ ހަލުވި ސްޕީޑުގެ އިންޓަނެޓް ޕެކޭޖްތަކެއް އެ ފަރާތްތަކަށް ލުބޭނެ އެވެ. އެގޮތުން ވިލުފުށީގެ ރައްޔިތުންނަށް އެންމެ ހެޔޮއަގުގައި، 30 އެމްބީޕީއެސް އާއި ހަމައަށް އިންޓަނެޓް ސްޕީޑް މިހާރު ލިބޭނެ ކަމަށް އުރީދޫން ބުންޏެވެ.

"އުރީދޫގެ ފައިބާ ބްރޯޑްބޭންޑްގެ ހިދުމަތް ވިލުފުއްޓަށް ތައާރަފްކޮށް، ހަލުވި ސްޕީޑުގެ ބްރޯޑްބޭންޑް ހިދުމަތް މެދުވެރިކޮށް ހޯދޭ ގިނަ ފައިދާތަކާއި ވިލިފުށީގެ ރައްޔިތުން ގުޅުވާދެވުމަކީ، އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް. ދިވެހި ރައްޔިތުންނަށް އިގްތިސޯދީ އަދި އިޖްތިމާއީ ކުރިއެރުން ހޯދައިދިނުމަށް އަޅުގަނޑުމެން ކުރަމުންދާ މިފަދަ މަސައްކަތްތަށް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ވެސް ކުރަމުންދާނަން." އުރީދޫގެ ސީއީއޯ، ނަޖީބް ހާން ވިދާޅުވި އެވެ.

އުރީދޫ އިން އިތުރަށް ބުނީ އެ ކުންފުނީގެ ކަސްޓަމަރުންނަށް ހެޔޮއަގުގައި ހަލުވި ސްޕީޑްގެ ބްރޯޑްބޭންޑު ބޭނުން ކުރުމުގެ ފުރުސަތު ހޯދައިދިނުމަށް އުރީދޫ އިން ސެޓަޕް ފީ، ސެކިއުރިޓީ ޑިޕޮސިޓް، އެޑްވާންސްކޮށް ދައްކަންޖެހޭ މަހު ފީ އަދި ހިދުމަތް އަލުން ގުޅާލަދިނުމުގެ ފީ ނުނަގާ ގޮތަށް ނިންމާފައިވަ ކަމަށެވެ.