ވިޔަފާރި

ސަޓާ އެވޯޑް: ދިގު ތާރީހެއް އޮތް މައުންޓް ލެވީނިޔާ ހޮޓަލަށް!

Oct 13, 2016
  • އެވޯޑު އޮތީ އަންނަ މަހު މެދު ތެރޭގައި
  • އެވޯޑުގައި 200 އަށްވުރެ ގިނަ ނޮމިނޭޝަން
  • ދުނިޔޭގެ 40 ބްރޭންޑަކުން ބައިވެރިވޭ

ދެ ގަރުނުގެ ދިގު ތާރީހެއް އޮތް ސްރީލަންކާގެ "މައުޓް ލެވީނިޔާ ހޮޓެލްގައި" ސައުތް އޭޝިޔަން ޓްރެވަލް އެވޯޑު (ސަޓާ) އެވޯޑު ބާއްވަން ނިންމައިފި އެވެ.

ސަޓާ އެވޯޑު އިންތިޒާމު ކުރާ ހައިރައިޒް އިން ބުނީ ސްރީލަންކާގެ އެންމެ ދުވަސްވީ ހޮޓާ ކަމަށްވާ "މައުންޓް ލެވީނިޔާ" ގައި ސަޓާ އެވޯޑު ބޭއްވުމުކީ ލިބިގެންދާ ފަހުރެއް ކަމަށެވެ. ސަޓާ އެވޯޑު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ މެދުތެރޭގަ އެވެ.

މައުންޓް ލެވީޔާ ހޮޓަލަކީ 1806 ވަނަ އަހަރު ބިނާކޮށްފައިވާ ކުރީގެ ސިލޯންގެ އެންމެ ތާރީހީ އެއް ތަރިކަ އެވެ. ދުނިޔޭގެ އެންމެ މަގުބޫލު 100 ހޮޓަލުގެ ތެރޭގައި ހިމެނޭ 200 އަހަރުވީ މި ހޮޓަލަކީ ކުރިން ސިލޯނު އިނގިރޭސީންގެ ވެރިކަމުގެ ދަށުގައި އޮތް އިރު، ގަރަވަރުގެ ގެ "މައުންޓް ލެވީނިއާ ހައުސް" ގެ ގޮތުގައި ބޭނުން ކުރި ތަނެކެވެ. ނަމަވެސް މިހާރު މިއީ ދުނިޔޭގެ އެންމެ މަގުބޫލު އެއް ހޮޓަލެވެ.

ސަޓާ އެވޯޑަކީ ދެކުނު އޭޝިޔާގެ ޓޫރިޒަމަށް ހާއްސަކޮށްގެން ބާއްވާ އެވޯޑެކެވެ. ސަޓާ އެވޯޑަށް 273 ފަރާތް ނޮމިނޭޓް ވެފައިވާއިރު، ޖަޖުކޮށް ވަނަތައް ހޮވުން މި މަހުގެ 18 ވަނަ ދުވަހު ފަށަން ވަނީ ނިންމާފަ އެވެ. ދުނިޔޭގެ ބޮޑެތި ޓްރެވަލް މަރުކާތައް ނޮމިނޭޓްކޮށްފައިވާ ސަޓާ އެވޯޑު އިންތިޒާމު ކުރާ "ހައިރައިޒް" އިން ބުނި ގޮތުގައި އެވޯޑަށް ނޮމިނޭޓް ވެފައިވާ މަޝްހޫރު ބްރޭންޑްތަކުގެ ތެރޭގައި ސަޓާ އަށް ނޮމިނޭޓް ކޮށްފައިވާ މަޝްހޫރު ހޮޓެލް ޗެއިންތަކުގެ ތެރޭގައި ހައިޑަރޭ އާއި ޖުމެއިރާ، ޕާކް ހަޔަޓް، ކޮކޯ ކަލެކްޝަން، ވިލާ ގްރޫޕް، ސަން ސިޔާމް، އަދާރަން، ކޮންސްޓެންޓް، އެޓިކަން ސެޕްންސް އާއި ލީލާ ގްރޫޕުގެ އިތުރުން ކިންގްބެރީ، ތާޖް ސަމުންދްރާ، ކާސާ ކަލެކްޝަންފަދަ އެތައް ބްރޭންޑެއް ހިމެނޭ ކަމަށެވެ.

ދުނިޔޭގެ ބޮޑެތި ޓްރެވަލް މަރުކާތައް ނޮމިނޭޓްކޮށްފައިވާ ސަޓާ އެވޯޑު އިންތިޒާމު ކުރާ "ހައިރައިޒް" އިން ބުނި ގޮތުގައި އެވޯޑަށް ނޮމިނޭޓް ވެފައިވާ މަޝްހޫރު ބްރޭންޑްތަކުގެ ތެރޭގައި ސަޓާ އަށް ނޮމިނޭޓް ކޮށްފައިވާ މަޝްހޫރު ހޮޓެލް ޗެއިންތަކުގެ ތެރޭގައި ހައިޑަރޭ އާއި ޖުމެއިރާ، ޕާކް ހަޔަޓް، ކޮކޯ ކަލެކްޝަން، ވިލާ ގްރޫޕް، ސަން ސިޔާމް، އަދާރަން، ކޮންސްޓެންޓް، އެޓިކަން ސެޕްންސް އާއި ލީލާ ގްރޫޕުގެ އިތުރުން ކިންގްބެރީ، ތާޖް ސަމުންދްރާ، ކާސާ ކަލެކްޝަންފަދަ އެތައް ބްރޭންޑެއް ހިމެނޭ ކަމަށެވެ.

މި އެވޯޑަކީ ސަރަހައްދުގެ ބޮޑެތި ޖަމިއްޔާތައް ކަމަށްވާ ކޮލަމްބޯ ޗެމްބާ އޮފް ކޮމާސް (ސީސީސީ) އާއި ފެޑަރޭޝަން އޮފް ޗެމްބާ އޮފް ކޮމާސް އިން ލަންކާގެ އިތުރުން ކޮންފެޑަރޭޝަން އޮފް ކްރެޑިޓެޑް ޓުއާ އޮޕަރޭޓާސް (ކެޓޯ) އިންޑިޔާ ބަލައިގެންފައިވެ އެވެ. މީގެ އިތުރުން އިންޑިޔާގެ، އެސޯސިއޭޝަން އޮފް ޓޫރިޒަމް ޓްރޭޑް އޮގަނައިޒޭޝަން (އޭޓީޓީއޯއައި) ހިމެނެ އެވެ. މީގެ އިތުރުން ކެރެލާ ހޮޓެލް ޖެނެރަލް މެނޭޖާސް ކްލަބް (ކޭއެޗްޖީއެމްސީ) ބަލައިގެންފައިވެ އެވެ. އަދި ރާއްޖޭން މި އެވޯޑު ބަލައިގެންފައިވާ ޖަމިއްޔާތަކުގެ ތެރޭގައި އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް (އަޓާ) އަދި ލިވަ ބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ލޭމް) ހިމެނެ އެވެ.