ރާއްޖެ ކުޅިވަރު

ކީޕަރު އިމްރާންގެ ސްޓްރެންތަކީ އޭނާގެ ވެލިއުސް: މާއްޓޭ

Oct 13, 2016
1

ގައުމީ ޓީމުގެ އެއް ވަަނ ކީޕަރެއްގެ ގޮތުގައި ދިގު މުއްދަތެއްގައި އެއް ފަންވަރެއްގައި އިމްރާން ކުޅުމުގެ ކުޅުމުގެ ސިއްރަކީ އިމްރާން ހިފަހައްޓާ ވެލިއުސް ކަމަށް ގައުމީ ޓީމުގެ ކުރީގެ އެއް ވަނަ ކީޕަރު އަދި ވިކްޓްރީގައި އިމްރާން އަށް ކޯޗް ކޮށްދިން މައުރޫފް އަހްމަދު މާއްޓޭ ބުނެފިއެވެ.

"ގައުމީ ޓީމަށް މޮޅު ކީޕަރަކު ލިބިދާނެ. އަދި ދެން ތިބި ކީޕަރުންނަށްވެސް ފިޓްކޮށް ހުރިއްޔާ ކުޅެވިދާނެ، ނަމަވެސް އިމްރާންގެ ސްޓްރެންތަކީ އޭނާގެ ވެލިއުސް، އެ ވެލިއުސްތައް އެހެން ކުޅުންތެރިންގެ ކިބައިން ނުހޯދޭނެ،" މާއްޓޭ ބުންޏެވެ.

"މިއަދު މުޅި ސޮސައިޓީއަށް ވެސް ދިމާވެގެން އުޅޭ މައްސަލައަކީ ސޮސައިޓީގެ ވެލިއުސްތައް ނެތުން އިމްރާންގެ ކިބައިގައި އެ ވެލިއުސްތައް އެބަހުރި މުޖުތަމައުގައި އެފަދަ މީހުން ވަރަށް މަދު. ކޮންމެ މީހަކު ކޯޗަކަށް ހުއްޓަސް އިމްރާން އެމީހަކަށް އިހްތިރާމް ކުރާނެ، އަދި އެ އިމްރާން ވެސް އެ ކޯޗެއްގެ ރެސްޕެކްޓް ހޯދާނެ،" މާއްޓޭ ބުންޏެވެ. "ކިތައް ފަހަރުތޯ އިމްރާން އިންޖަރީވީ ނަމަވެސް އެއިން ކޮންމެ ފަހަރަކުވެސް އޭނާގެ ކުރީގެ ސްޓްރެންތައް އާދޭ އެއީ އޭނާ ދަމަހައްޓާ ވެލިއުސްތައް ގަބޫލުކޮށް ގިވަޕް ނުކޮށް އޭނާ ކުރާ މަސައްކަތް"

މާއްޓޭގެ ލަފާ

މާއްޓޭ އަކީ ހަ އަހަރު ވަންދެން އިމްރާންގެ ކޯޗެވެ. ކުޅުން ހުއްޓާލުމަށްފަހު މާއްޓޭ އެދެނީ އިމްރާން ސްޕޯޓް މެނޭޖްމެންޓް ސައިޑުން މަސައްކަތް ކުރުމަށެވެ.

"އަޅުގަނޑު ބުނާނީ ކުޅުން ހުއްޓާލުމަށްފަހު ވެސް ޓެކްނިކަލް ސައިޑުން އިމްރާން ދިއުމުގެ ބަދަލުގައި ސްޕޯޓްސް މެނޭޖްމެންޓް ދާއިރާއަށް އިމްރާން އަންނަން. އެއީ އޭނާ އަކީ އެމްބީއޭ ފާހެއް ނެތަސް އެފެންވަރަށް ތަޖުރިބާ ހުރި ލީޑަރެއް އޭނާގެ ލީޑާޝިޕް އެއީ ދިވެހި ފުޓްބޯޅަ އަށް މުހިންމު ކޮލިޓީ އަކަށް ވެގެންދާނެ"